ކެންޑިޑެންސީ ފޯމުގައި ރައީސް ޔާމީނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމުގައި އެމަނިކުފާނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސަރވިސްގައި އެދިއްޖެއެވެ.

މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ފުރުމުގެ ކަންކަން ކުރަމުން ގެންދާކަމަށާއި ހުށަހަޅާ ތާރީޚު ފަހުން އަންގާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން މިހާރު ވަނީ ކެންޑިޑެންސީ ފޯމުގައި ރައީސް ޔާމީނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުން އެދި ކަރެކްޝަނަށް ސިޓީއެއް ފޮނުވައިފައެވެ.

ކަރެކްޝަނުން ބުނީ ސިޓީގައި އެދުނު ގޮތަށް ރައީސް ޔާމީނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު އޮގަސްޓު 7 ވަނަ ދުވަހުގެ 14:00 އަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް