އިރާގުގައި ހުންނަވާ އެމެރިކާގެ ސަފީރު އިރާގުގެ ޚާރިޖިއްޔާއަށް ޙާޒިރުކުރުކުރުވަނީ 

Loading

July 24, 2023
profile
Facebook
Twitter
WhatsApp

އިރާގުގައި ހުންނަ ނަސޯރާދީނުގެ އެންމެ އިސް ފާދިރީއާ ދޭތެރޭ އިރާގު ސަރުކާރުން ކަންތައްކުރާ ގޮތާމެދު ނުރުހުން ފާޅުކޮށް ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނު ދެއްކެވި ވާހަކަފުޅާ ގުޅިގެން އިރާގުގައި ހުންނަވާ އެމެރިކާގެ ސަފީރު އިރާގުގެ ޚާރިޖިއްޔާއަށް ހާޒިރު ކުރައްވާނެކަމަށް އިރާގުގެ ރައީސް ވިދާޅުވެއްޖެއެވެ. 

އިރާގުން ފާސްކޮށްފައިވާ ގަރާރެއްގެ ދަށުން ކާރޑިނަލް ލުއިސް ސާކޯއަކީ އިރާގުގެ ހަލްދިއަން ކެތޮލިކުންގެ އެންމެ އިސް ފާދިރީ ކަމަށާއި އޭނާގެ ބެލުމުގެ ދަށުގައިވާމިލްކިއްޔާތު ތަސައްރުފް ކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވާއިރު އެ ގަރާރު ބާތިލުކުރައްވާނެ ކަމަށް އިރާގުގެ ރައީސް  އަބްދުލް ލަތީފް ރާޝިދު ވިދާޅުވެއްޖެއެވެ.

އެކަމާއިގުޅިގެން ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނު މެތިއު މިލަރ ވަނީ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި ކާރޑިނަލް ސާކޯއަށް އިރާގު ސަރުކާރުން އުދަނގޫކޮށް ޖެއްސުންކުރަމުން ގެންދިއުމަކީ ބަލާގަނެވޭނެ ކަމެއްވެސް ނޫންކަމުގައި ބުނެފައިވެއެވެ.

އިރާގުގެ ނަސޯރާއިންނަކީ އެގައުމުގެ މުހިންމު ޙިއްސާއެކެވެ. ކާރޑިނަލް ސާކޯ އެބުރި ބަޣްދާދަށް ވަޑައިގަތުމަކީ އަހަރެމެންގެ އުންމީދެވެ. ކާރޑިނަލް ސާކޯ މިހާރު ދިރިއުޅުއްވަނީ އިރާގުގައި ސެމީ އޮޓޮނޯމަސް ވެރިކަމެއް ގާއިމް ކޮށްފައިވާ ކުރުދީންގެ އުތުރު ސަރަޙައްދުގައެވެ.  

މެތިއުގެ ވާހަކައަށް ރައީސް ރާޝިދު ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. ރައީސް ރާޝިދު އިތުރަށް ވިދާޅުވެފައިވަނީ އެމަނިކުފާނު ކާޑިނަލް ސާކޯއަށް އިޙްތިރާމް ކުރައްވާ ކަމަށާއި އެހެންނަމަވެސް ދީނީ މުއައްސަސާތަކުން ވިޔަފާރިކުރުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ބޭނުންފުޅަކީ ގާނޫނުގައި ހުއްދަ ކޮށްފައިމިވާ ކަންތައްތައް ހަމަޔަކަށް އެޅުވުން ކަމަށެވެ.                           

2021 ވަނައަހަރު ޕޯޕް ފްރާންސިސް އިރާގަށް ވަޑައިގަތުމާބެހޭ އިންތިޒާމްތައް ހަމަ ޖެއްސުމުގައިވެސް ވަރަށް މުހިންމު ރޯލެއް ކާރޑިނަލް ސާކޯ އަދާ ކުރެއްވިއެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ކާރޑިނަލް ސާކޯއަކީ ދެކޮޅުވެރިކަން ހައްދުން ނެއްޓިފައިވާ ގައުމެއްގައި ހުންނެވި ސުލްޙައިގެ ސަފީރެކެވެ.  

ކާރޑިނަލް ސާކޯ ވިދާޅުވެފައިވާ ގޮތުގައި ރައީސް ރާޝިދުގެ ނިންމެވުމަކީ އިރާނާއި ގާތްގުޅުމެއް ބާއްވަވާ އިރާގުގެ ކްރިސްޓިއަން މިލިޝިއާ ލީޑަރުގެ ހިތް ހަމަޖެއްސުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ.

މި މައްސަލާއާއި ގުޅިގެން ނަސޯރާއިން އެންމެ ބޮޑު ފައްޅި ވެޓިކަނުންވެސް އަނގަ ހިމޭނުން ބާއްވާކަށް ބޭނުމެއް ނުވިއެވެ. އަދި  ކާރޑިނަލް ސާކޯއަކީ ހަލްދިއަން ފައްޅީގެ މިލްކިއްޔާތުގެ ބެލެނިވެރިޔާ ކަމަށާއި އެބޭފުޅާގެ ޙައިސިއްޔަތާއި އިމްތިޔާޒުތައް އިރާގު ސަރުކާރުން އޮޅުވާލަނީ ކަމަށް ބުނެފައިވެއެވެ. އަދި 2003 ގައި އެމެރިކާގެ ބައިވެރިން އިރާގަށް އަރައިގަތުމުގެ ކުރިން އިރާގުގެ އާބާދީގައި ދޮޅުމިލިއަން ނަސޯރާއިން ހިމެނޭ ކަމަށާއި އެހެންނަމަވެސް އޭގެފަހުން އިރާގުގައި ދީނީ ފިކުރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އުފެދުނު އަލްގާއިދާއާއި އިސްލާމިކް ސްޓޭޓުން ހިންގަމުންގެންދިޔަ ގަތުލު އާންމުތަކުގެ ސަބަބުންއަދަދު ހަމައެކަނި ތިންހަތަރު ލައްކައަށް ވަނީ މަދުވެފައިކަމަށް ބުނެފައިވެއެވެ.                                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް