އިންތިޚާބީ ހައްގުތައް ކަށަވަރު ކުރުމަށް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ވ.އާރަށުގެ މައްސަލާގައި ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގ ގެ ކުށުގެ ދައުވާ ސާބިތުވުމުން ރައީސް ޔާމީނަށް 11 އަހަރުގެ ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން މައްސަލަ އޮތީ މަޑުޖެހިފައެވެ. މި މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިކަން ޔާމީންގެ ގާނޫނީ ޓީމުން ހާމަކުރައްވާފައިވަނީ ރޭގައެވެ.

މި މައްސަލައާ ގުޅިގެން ސްޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ މިއީ ކޯޓުގެ ގާނޫނު ބަޔާންކުރާފަދަ ދުސްތޫރީ މައްސަލައެއް ނޫންކަމަށާއި އެހެންވެ މި މައްސަލަ ބަލައިގަނެެވެން ނެތް ކަމަށެވެ.

ރަޖިސްޓްރާގެ މި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރެވިދާނެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ޔާމީންގެ ގާނޫނީ ޓީމުން އަދި ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.

Loading

4 Responses

  1. ޖަލުގައި ހުކުމް ކޮށްފައި ތިބޭ މުޖްރިމުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވުމަކީ ލަދުވެތި ކަމެކެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރެވޭ ކަމެއްނޫނެވެ. ހައިކޯރޓުގައި ބަޔެއް މައްސަލަ ހަތަރު ފަސްއަހަރުވުމަކީ ހަމަ ކޮންމެ ގައުމެއްގައިވެސް އާދައިގެ ކަމެކެވެ. ދެންލަލަލާ ލަލަލާ ލާ! އަނިޔާވެރިންނަށް އޭގެ ސަޒާ ދެދުނިޔޭގައިވެސް ހައްގެވެ.

  2. ޔާމިނައް އިންތިހާބީ ހައްގު ލިބޭކަމައް ވަނީނަމަ ހުމާމުއައްވެސް ދެންތިބި ގައިދީންނައްވެސް އެހައްގު ލިބިދޭންވާނެ.. ޔާމިނަކީ ކުއްސާބިތުވެ ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީއެއް.. ވެރިކަމުގެ އާރާއިބާރުގަ ނެގިވޯޓުން ބޮޑުތަނުން ބަލިފުޅުވި ބޭފުޅަކު ގައިދީއެއްގެގޮތުގަ ކުރިމަތިލައިގެން އަދިމާބޮޑުތަނުން ބަލިފުޅުވާނެކަން ޔާމިނައްވެސް އިނގޭނެ. ޕީ،ޕީ،އެމް އިން އެހެންމީހަކު ނެރުނަސް ބޮޑުތަނުންބަލިވާނެކަން އިނގޭތީވެ އެކަންވެސްނުކުރާން އެތިބީ.

  3. ހުރިހާ މުއަށްސަސާއަޒާ ދިފާއީބާރުތަކަން އަތްގަދަކޮންފާވާމިންވަރު ހާމަވެގެންނުދޭތަ

Leave a Reply

ފަހުގެ އަޕްޑޭޓް