ޗައިނާގެ ޚާރިޖީ ވަޒީރު ގެއްލުނީތަ؟

Loading

July 22, 2023
profile
Facebook
Twitter
WhatsApp


ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރު ކިން ގޭންގު އާންމުންގެ ތެރެއަށް ނިކުމެވަޑައި ނުގަންނަވާތާ މިހާރު ގާތަގަނޑަކަށް ތިން ހަފްތާ ފާއިތުވެގެން ހިގައްޖެއެވެ.

އެހެންކަމުން އެމަނިކުފާނު ވީތަނަކާބެހޭ ގޮތުން މިހާރުވަނީ ސުވާލު އުފެދިފައެވެ.މިދިޔަ ހަފުތާއި އިންޑޮނޭޝިޔާގައި ބޭއްވުނު އާސިއާންގެ ބައްދަލުވުމުންވެސް އެމަނިކުފާނު ފެނިފައެއް ނުވެއެވެ. އަދި ހަމަ އެދުވަސްވަރު ޔޫރަޕިއަން ޔުނިއަންގެ ޚާރިޖީ ސިޔާސަތާއިބެހޭ މުޝީރާއެކު ބާއްވަން ރޭވިފައިވާ ބައްދަލުވުމެއްވެސް ވަނީ ކެންސަލް ކުރައްވާފައެވެ.  

ޔޫރަޕިއަން ޔުނިއަންގެ ސްޕޯކްސް ޕަރސަން ވިދާޅުވީ ހަމައެކަނި އެ ތާރީޚުގައި ބައްދަލު ކުރެއްވެން ނެތްކަން އަންގަވާފައިވާ ކަމަށެވެ. އަދި އިތުރު އެއްވެސް މަޢުލޫމާތެއް ދެއްވާފައި ނުވާކަމަށެވެ.

އެންމެ ފަހުން އެމަނިކުފާނު ފެނިފައިވަނީ ޖޫން މަހުގެ 25 ވަނަ ދުވަހު ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އެންޑްރޭ ރުޑެންކޯއާއި އެކުގައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެ ދެބޭފުޅުންގެ މި ބައްދަލު ކުރެއްވުމުގައި ޗައިނާއާއި ރަޝިޔާގެ ގުޅުމާއި އަދި ބައިނަލް އަގްވާމީ ދުނިޔޭގެ މައްސަލަތަކާއިގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.                                                    

ޚާރިޖީ ވަޒީރު ކިން ގޭންގަކީ ބެލެވޭގޮތުގައި ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމަނިކުފާނަށް ޚާރިޖީ ވަޒީރުގެ މަގާމު ލިބިވަޑައިގަތީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

ޗައިނާގެ ބައެއް އިސްވެރިން މާޒީގައިވެސް ވަކި މުއްދަތަކަށް އާންމުންގެ ތެރެއިން ނުފެނި ދިއުމުގެ ހާދިސާތައް މެދުވެރިވެފައި އެބަހުއްޓެވެ. އޭގެތެރޭގައި ޗައިނާގެ އިންޓަރޕޯލާބެހޭ އިސްވެރިޔާ މޭންގް ހޯންގްވެއި އާއި ސީނިއަރ ސެކިއުރިޓި އޮފިޝަލް އަކުވެސް ހިމެނެއެވެ. 

ފަހުން ހާމަވިގޮތުގައި އެބޭފުޅުން ތިއްބެވީ ބަންދުކޮށްފައެވެ. ނަމަވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ އާސިއާންގެ ބައްދަލުވުމުގައި ޚަރިޖީ ވަޒީރު ބައިވެރިވެ ވަޑައި ނުގަތީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.                        

ހުސްވި މަހުގެ ތެރޭގައި ޚާރިޖީ ވަޒީރު ގިން ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާއި ބައްދަލު ކުރަންވައި ޗައިނާއާއި އެމެރިކާގެ ގުޅުން ރަނގަޅުކުރިވިދާނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.އެހެންނަމަވެސް ދެ ވަޒީރުންގެ ވާހަކަފުޅު ފެށުމުގެ ކުރިން ތައިވާނުގެ މައްސަލާގައިގެ ތެރެއަށް ނުވަނުމަށް އެމެރިކާއަށް އެމަނިކުފާނު އިންޒާރު ކުރެއްވިއެވެ.

އޭގެފަހުން އެމެރިކާގެ ބައެއް އިސް ބޭފުޅުންނާއިއެކު ޗައިނާގެ ބައެއް އިސްވެރިންގެ ބައްދަލުކުރެއްވުން ތަކެއް ހިނގަމުން ގޮސްފައިވީނަމަވެސް ޚާރިޖީ ވަޒީރު އެބައްދަލުން ތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.                                 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް