ޕީޕީއެމްއިން އެދެނީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމުމަށް

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތްކަމަށް ޕީޕީއެމްއިން މިއަދު ބުނެފިއެވެ.

ޕީޕީއެމްއާއި ވާހަކަ ދައްކައިގެން ހުރިހާ ޕާޓީތަކުބް އެއް ކެންޑިޑޭޓަކު ނެރެން ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޞާލިޙްގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ކޯލިޝަނުން މަރުހަބާ ކިޔައި ޝުކުރު ދަންނަވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތްކަމަށް ޕީޕީއެމްއިން ބުންޏެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ނިންމާފައިވާއިރު ރިޔާސީ ޓިކެޓް ވެސް ވަނީ އަރުވާފައެވެ.

ޕީޕީއެމްއިން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ބާރަށް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

Loading

2 Responses

  1. ޕީޕީއެމް ފޫކަހަކަހާ އޮއްވާ އެހެން މީހުން ގުޅިގެން ކެންޑިޑޭޓަކު ހަމަޖައްސާފަހުން ވަރަށް ގެއްލުން ބޮޑުވާނެކަމަށް ފެނެއެވެ. ޔާމީނު ޖަލުގައި ހުންނަވާއިރު ކުރިނުލެވޭނެކަމުގެ ހިޔަނި އެޅިފާ އޮތުމުން ޕީޕީއެމްގެ ކުރީގެ އޮތް ސަޕޯޓް ވޯޓުން ނުދެއްކޭނެއެވެ. ރާއްޖޭގެ ކުދި ރަށްރަށުން އިބޫ އާއި ޑިމޯކްރޭޒީން މެޖޯރެޓީ ނަގާނެކަމަށް ބެލެވެއެވެ. ދެން ބަލަން ތިބެމާހިނގާށެވެ

  2. ތިޔަކަމަށް ބޭނުންވާ ސިޔާސީ ފޯމިއުލާއެއް އެންމެ ފުރަތަމަ އީޖާދުކޮށްބަލަ.

Leave a Reply

ފަހުގެ އަޕްޑޭޓް