ރިޔާސީ ކެމްޕޭނަށް ޢުމަރު މާދަމާ ވ.އަތޮޅަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރިޔާސީ ކެމްޕޭނަށް ވ.އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ޢުމަރު ވިދާޅުވީ އޭނާއާއި އޭނާގެ ކެމްޕޭން ޓީމް ޖުލައި މާދަމާ ވ.އަތޮޅުގެ ތިން ރަށަށް ކުރާ ދަތުރެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވ.ފެލިދުއާއި ވ.ކެޔޮދޫ އަދި ވ. ފުލިދުއަށް ކަމަށް ޢުމަރު ވިދާޅުވިއެވެ.

“މަސްތުވާއެއްޗެތީގެ ސަބަބުން މި ގައުމަށް ލިބެމުން މިދާ ގެއްލުމާއި ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަށް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަ ދައްކާނަން.“ ޢުމަރު ވިދާޅުވިއެވެ.

މީގެކުރިން ޢުމަރު ވަނީ ވިލިމާލޭގައި ވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އޭނާގެ ކެމްޕޭން ޝިއާރަކީ ”އާ މިސްރާބަކަށް“ މި ޝިއާރެވެ. 

ޢުމަރު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ސުވަރުގެ ދެވޭ ވަރަށް ވެރިކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް