ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނަވާ މުއްދަތުގައި އެ ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމުގައި ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
ކަރެކްޝަން އިން ވަނީ އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ.
އެކަން ހާމަކޮށް ކުރި ޓުވީޓެއްގައި ކަރެކްޝަނުން ބުނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސަރވިސްއިން އަދީބަށް ދީފައިވާ ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެ ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
![]()

One Response
އެތަކެއް މަހެއް ވަންދެން ރާވައިގެން ޗައްކަރު ޖައްސުވާ ވޯޓުން ބަލިވެއްޖެނަމަ އޭނާ ސަލާމަތް ނުވާނެތީ ޑީލް މާސްޓަރު ފުރުވާލީއެވެ. ދެން ނުހޮވިއްޖެނަމަ ނޮވެމްބަރުގައި ސަރުކާރު ހޭންޑްއޯވަރ ކުރުމުގެ ކުރިން މަޢާފު ދޭނީއެވެ. ޝެއިޚް އިމްރާނާ ސީދާ އިބޫގެ ސިއްރު މަޝްވަރާގެ ދަށުން ދޮގުހެކިވެރިޔާއަށް ދެވުން އިނާމެކެވެ. ވާނީވެސް އެހެންތާއެވެ! އަދީބަކީ މި އެންމެންގެ ބްލެކްސް ބޮކްސް ވިއްޔާއެވެ! އަސްލުވެސް ވަރަށް ޑާރޓީ. ސީދާ ގޭންގް ސްޓައިލް.