އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މިމައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
“ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ޚަބަރަކީ އެކަމާ ގުޅޭގޮތުން މި ޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ލިޔެފައިވާ ދޮގު ޚަބަރެއް.“
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދު އެނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރުގެއްލޭ ގޮތަށް ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
![]()
