މެލޭގެ ބަޓިކް އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ބަޓިކް އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ބަޓިކް އެއަރ ގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ ޖެއްސީ ރޭ 20:30 ގައެވެ. އެ ފްލައިޓް ރާއްޖެ އައުމުން މަރުހަބާ ކިޔާފައިވަނީ ޚާއްސަ ވޯޓަރ ސެލިއުޓަކުންނެވެ.

ބަޓިކް އެއަރ ގެ ފުރަތަމަ ފްލައިޓުގައި 57 ފަސިންޖަރުން އައެވެ.

އެމްއޭސީއެލްއިން ބުނީ ބަޓިކް އެއަރ އިން ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް ދަތުރުތައް ބާއްވާނެ ކަމަށެވެ.

ދަތުރުތައް ކުރާނީ ރާއްޖެއިން ސްރީލަންކާއަށް, އެއަށްފަހު މެލޭޝިޔާއަށާއި އަދި ސީދާ ރާއްޖެއާއި މެލޭޝިޔާއާ ދެމެދުއެވެ.

ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ސީދާ ދަތުރުތައް ފަށާނީ އަންނަ ޖޫން މަހުގައި ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި ބަޓިކް އެއަރ އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ 180 މީހުންގެ ޖާގަ ހިމެނޭ ބޮއިން 737 މަރުކާގެ ފްލައިޓެވެ.

އޭމްއޭސީއެލްއިން ބުނީ މި އެއަރލައިނުން މެލޭޝިޔާއާއި ތައިލޭންޑް އަދި އޮސްޓްރޭލިޔާ ހިމެނޭހެން ޖުމްލަ 50 މަންޒިލަކަށް ދަތުރުތައް ބާއްވާއިރު, މިއީ އެ މަންޒިލްތަކުން ރާއްޖެއަށް ފަސޭހަކަމާއެކު ދަތުރުވެރިންނަށް އައުމުގެ މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ. އެއާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން ވަނީ ބަޓިކް އެއަރ ގެ އިތުރުން މި އަހަރު ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ފްލައިނަސްއާއި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ބުނެފައެވެ.

Loading

One Response

  1. ތ. އަތޮޅަށާއި ލ. އަތޮޅަށް ދިއުމަށްވުރެ މާލެ މެލޭޝިޔާ އަގުހެޔޮވުމީ މާރަނގަޅުކަމެއް ނޫނެވެ. އެހެނީ ލޮކަލް ޓޫރިޒަމް ދަށަށް ދާނެތީއެވެ. ދަރުތަކުގެ އަގުހެޔޮކޮށްދޭން ރައީސް އިބޫ 2018 ގެ ކެމްޕޭނުގައި ވިދާޅުވިއެވެ. ހުރިހާ އެއްޗެއްގެ އަގުދިޔައީ މައްޗަށެވެ. ވައްކަން ކުރުންވެސް ދިޔައީ މައްޗަށެވެ. ދެން 2023 ވޯޓް ކިހިނެއް އިބޫ އާއި އިބޫގެ ބައިވެރީންނަށް ދޭނީ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް