ޒަރީރަށް ހަމަލާދިން މައްސަލަ: 2 މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މެންބަރު ޒަރީރަށް ހަމަލާދިނީ މި މަހުގެ 01 ވަނަ ދުވަހު ފަތިހުއެވެ.

ފުލުހުން ބުނި ގޮތުގައި ޒަރީރަށް ހަމަލާދިނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗަކުންނެވެ.

ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ 5 މީހުންގެ ގުރޫޕަކުންނެވެ. ހަމަލާދިން ފަސް މީހުން ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް ވެސްޒަރީރު ވަނީ ވިދާޅުވެފައެވެ.

ޒަރީރަށް ހަމަލާދިނީ މަރުތޭލަކުންނެވެ. އެގޮތުން އޭނާގެ ބޮލަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވައިފައެވެ.

ފުލުހުން މިއަދު ވިދާޅުވީ ޒަރީރަށް ހަމަލާދިން މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް