ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކޮޗިން އެއާޕޯޓުން ދިވެއްސަކު އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އޭޝިއަން ނިއުސް އިންޓަރނޭޝަނަލް (އޭ.އެން.އައި) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން އަޅާފައި ހުރި 33 ކެޕްސޫލާއެކު ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޔޫސުފް ފުއާދު ކިޔާ އެ މީހާއަކީ އެ ތަކެއްޗާ އެއްކޮށް މާލެއަށް ފުރަން އުޅުނު މީހެއް ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.

އޭނާ އަތުލައިގަތީ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯސް (ސީ.އައި.އެސް.އެފް) އިންނެވެ.

ފުއާދު އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 325.5 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ އަގު 40 ރުޕީސްއަށް އަރާނެ ކަމަށް އޭ.އެން.އައި އިން ބުންޏެވެ.

މި މައްސަލައިގައި ފުއާދަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެން.ސީ.ބީ ގެ އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް .އެން.އައި އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

Loading

2 Responses

  1. އެންމެ ”ސާޅީސް ރުޕީސް“ މިވަރުގެ ކުޑަ ޢަދަދެއްގެ މައްސަލާގައި އިންސާނަކު ހައްޔަރުކޮށް ހިފަހައްޓަފާނެތަ ސިކުނޑި ސަލާމަތުންތިބިބަޔަކު؟ ދެން ކީކޭ ކިޔާނީ؟!!

  2. މިހާރަކަށް އައިސް ސަންދާނުގެ އެޑިޓަރުވެސް އެބަ ފަރުވާ ކުޑަކުރައްވާ. ލިއުން ތެރިންނަށް ބައެއްފަހަރު ނުރަނގަޅު އަކުރުގައި ސުކުން ކުރެވިފާ އޮވެދާނެ. އެކަމަކު ޚަބަރުގެ އަސްލު ގެއްލުނަ ނުދިނުމަށްޓަކައި ރަނގަޅަށް އެއްފަހަރުނަމަވެސް ކިޔާލެއްވުން ރަނގަޅު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް