ތެލުގެ އަގު ހެޔޮކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި, އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 62 ލާރި އަގުހެޔޮވާނެ ކަމަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 16.32 ރުފިޔާ އަށެވެ. 

އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 15.70 ރުފިޔާ އަށެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން ތެލުގެ އަގަށް ބަދަލުގެނައި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ފެބްރުއަރީގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރާއްޖޭގައި ފަސް ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް