ހަތަރު މީހުންނާއެކު ފުރި ދޯންޏެއް ދިޔަވެ އަޑިއަށްދަނީ

Loading

Facebook
Twitter
WhatsApp

ހަތަރު ދިވެހިންނާއެކު ރޭ މާލެއިން ފުރައިގެން ތ.އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށްދާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ހެނދުނު ވިދާޅުވީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ.ދިޔަމިގިއްޔަށް ދަތުރުކުރަމުންދިޔަ ”މާކުރީ 7“ ދޯނި ތ.ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް