ފިކުރެއްގެ ދިރުމުގެ 4 މެންބަރަކު މުގައްރިރުކަމުން ވަކިކޮށް ފިޔަވަޅު އަޅައިދޭން އެދެން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ 04 މެންބަރަކު މަޖިލީހުގެ 04 ކޮމިޓީއެއްގެ މުގައްރިރުކަމުން ވަކިކޮށް, އެމްޑީޕީން ވެސް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައިދިނުމަަށް އެދެން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފިއެވެ.

އެ 04 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެސްއޯއީ ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އިމްތިޔާޒު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ކުޅުުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ފާސްކުރީ އެ 04 މެންބަރުން ބަލަހައްޓަވާ ކޮމިޓީތަކުގެ މުގައްރިރުކަމުން ވަކިކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ނަޝީދުގެ އަރިހުގައި އެދުމަށާއި, އެ މެންބަރުން ޕީޖީ ގްރޫޕުގެ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެވަޑައިގަންނަވާތީ އެ މެންބަރުންނާމެދު ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ ސެކްރެޓޭރިއޭޓްގައި ދެންނެވުމަށެވެ.

އެ ބޭފުޅުންނަށް އަޅާނެ ފިޔަވަޅެއް ނިންމާނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީންނެވެ.

އެ މެންބަރުން ކޮމިޓީތަކުގެ މުގައްރިރުކަމުން ވަކިކޮށްދެއްވުމަށް އެދި ޕީޖީ ގުރޫޕަށް މައްސަލަ ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީއެވެ. އެ މެންބަރުންނަށް ފިޔަވަޅު އަޅައި ދިނުމުގެ މައްސަލަ ހުށަހެޅުއްވީ މަަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ. އެކަމަށް ތާއީދު ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް