ވެލާނާ އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް

Loading

Facebook
Twitter
WhatsApp

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އަލިފާން ރޯވީ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ހިންގާ ޗައިނާގެ ކުންފުނި ކަމަށްވީ ބީޔޫސީޖީގައި ބޭނުންކުރާ ތާރު އަޅާ ވެހިކަލެއްގައެވެ.

އެ ވެހިކަލް އޮތީ އެއާޕޯޓުގެ އައު ރަންވޭގެ އެއް ފަޅީގައި ހުންނަ ސައިޓެކެވެ.

ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް