ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ: މާރިޔާ

Loading

Facebook
Twitter
WhatsApp

ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޝިޔާމްގެ ސުވާލުގައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ބޭނުންކޮށްގެން ރާއްޖޭގައި ބިދޭސީ ސިފައިން ތިބުމާ ދެކޮޅު ހަދާ ދިވެހިންނާމެދު އިހާނެތިކޮށް ކަންކުރުމަކީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ ތާއީދު ކުރައްވާކަމެއްތޯއާއި ސަލާމަތީ ބާރުތަކަށް ޚިދުމަތް ކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މާރިޔާ މާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވަންތޯ އައްސަވައިފައެވެ.

މާރިޔާާ ވިދާޅުވީ މެންބަރުގެ ސުވާލުގައި ވިދާޅުވާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

“އަޅުގަނޑު ގާނޫނާ ޚިލާފު އެއްވެސްކަމެއް ކޮށްފައެއް ނޯންނާނެ. ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާނެ.“

ޝިޔާމް ވަނީ މާލޭގެ އެންމެ ބައިބޯ މަގުގައި މާރިޔާގެ ޑިފެންސް މިނިސްޓަރު ކަމުގައި ބޮމެއް ގޮއްވައި, އެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ ފެއިލްވުން ކަމަށް ގަބޫލު ކުރައްވަންތޯ ވެސް މާރިޔާއާ ސުވާލު ކުރައްވައިފައެވެ.

“އަޅުގަނޑު ފެއިލްވީ ކަމަށް ވިދާޅުވާަ މައްސަލައިގައި އަޅުގަނޑު ފެއިލްވިކަމަށް އަޅުގަނޑު ގަބޫލުކުރޭތޯ އެހެން އައްސަވާފައިވާތީ އަޅުގަނޑު ދަންނަވަން. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން.“ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މަޖިލީހުގެ އެއްވެސް މެންބަރަކަށް އެ ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލު ކުރެވޭނަމަ އެ ވަޒީރަކަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚުތިޔާރު ގާނޫނުއަސާސީއާއި ގާނޫނުން ލިބިވަޑައިގަންނަވާ ކަމުގައެވެ.

Loading

3 Responses

  1. މާރީ ނުދަންނަނީ މިގަުމުގާ ކާކުރޯއެވެ. މިގެނެވުނު ޑިމޮކްރެސީގެ ދަށުން ހިމާރުންނަށްވެސް މަޖިލިސް ގޮނޑިވެސް ލިބޭދުވަރު ނޫންހެއްޔެވެ. ވީމާ މާރީ ޑިފެންސްގައި ހުރުމުން ޙައިރާންވާކަށް ނުޖެހޭނެއެވެ. ގާނޫނު އަސާސީއަށް ފައިން އަރައިފާ މަޖިލީހުގައި ނެށިގުރޫޕް ނޫންތޯއެވެ.

  2. އަހުމަދު ތި ވިދާޅުވީ ތެދެއް. މުޅި ގައުމު މިބޭފުޅާއަށް ނަފުރަތުކުރޭ. އެއީ ގާނޫނަށް ފައިން އަރާ އަދުގެ ކިޔަވާކުދިންގެ ކުރިމަތީ މަޖިލިސް ތެރޭގައި އެ އުޅުއްވި ގޮތުން މި ޖީލުގެ ކުދިންގެ އަޚްލާގު ގޯހުން ގޯހަށް ދިޔައީ މިބޭފުޅާގެ ވެސް ސަބަބުން.

  3. އަހުމަދު ތި ވިދާޅުވީ ތެދެއް. މުޅި ގައުމު މިބޭފުޅާއަށް ނަފުރަތުކުރޭ. އެއީ ގާނޫނަށް ފައިން އަރާ އަދުގެ ކިޔަވާކުދިންގެ ކުރިމަތީ މަޖިލިސް ތެރޭގައި އެ އުޅުއްވި ގޮތުން މި ޖީލުގެ ކުދިންގެ އަޚްލާގު ގޯހުން ގޯހަށް ދިޔައީ މިބޭފުޅާގެ ވެސް ސަބަބުން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް