ރައީސް ޔާމީންގެ އެއާޕޯޓުގެ ޑިޒައިން ވަރަށް ރީތި: ނަޝީދު

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ގދ.ފަރެސްމާތޮޑާގައި އަޅުއްވަން ފެށްޓެވި އެއާޕޯޓު ޑިޒައިންކޮށްފައިވާ ގޮތުގެ ފުރިހަމަކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެއާޕޯޓުގެ ޑިޒައިން ވަރަށް ރީތި ކަމަށެވެ. އަދި އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސިފަކުރެވޭ ކަމުގައެވެ.

“ރައީސް ޔާމީންގެ އެއާޕޯޓުގެ ޑިޒައިން ވަރަށް ރީތި. ވެލާނާ އެއާޕޯޓު ވެސް ކޮންމެވެސް ވަރަކަށް ފެނޭ.“

ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް ޔާމީންގެ ޒައާމަތުގައި އަޅުއްވަން ފެށްޓެވި އެއާޕޯޓެކެވެ. އެ މަޝްރޫއު ނިންމަން އޮތް ތާރީޚަށް ނުނިންމި ދިގުދެމިގެންދިޔައީ ސަރުކާރު ބަދަލުވެ މަސައްކަތުގެ ސްޕީޑަށް އައި “ސްލޯ“ ކަމާ ގުޅިގެންނެވެ.

މި އެއާޕޯޓު ރަސްމީކޮށް ހުޅުވީ މި މަހުގެ 15 ގައެވެ. އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ އެފަދަ މަޝްރޫއުއެއް ފަށްޓަވައިދެއްވި ކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ޑިޒައިނުގެ ފުރިހަމަކަމާމެދު އަޖާއިބުވެވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުން ސިފަކޮށްދެނީ ރާއްޖޭގެ ޖަޒީރާއެއްގެ މަލަމަތި ކަމަށާއި ދިވެހިންގެ އިހު ޒަމާނުގެ ކަނޑުމަތީ ސަވާރީއަކީ ހޭޅިފަށުގައި ހުންނަ އޮޑިހަރުގެތަކުގެ ކަމަޅިމަތީ ފަށަން ދަމާލައިގެން ބަންނަ އޮޑިދޯނިފަހަރު ކަމަށެވެ.

“މިއަދު އަޅުގަނޑުމެންގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވައިގެ ބަނދަރެއް އެފަދަ އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއާ ބުގިސްވެގެން އުފެއްދުނުއިރު ދިވެހިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ސިފަވެގެން އެބަދޭ“

ފަރެސްމާތޮޑާ އެއާޕޯޓުން އެތައް ގޮތަކުން ވަރަށް ގިނަ ތަފާތުތައް ފެނިވަޑައިގަންނަވާ ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓުން ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. 

ފޮޓޯ: އެމްޑީޕީ

Loading

One Response

  1. ހަމަ ގާސިމު. ދެދުވަހަކު ދެފަހަރު އެކެއްޗެއް ނުކިޔާނެ. މިއަދު ޔާމީނު ރަނގަޅުކަމެއް ކޮށްފިޔޭ އެގޮވަނީ އިބޫދެކެ އަންނަ ރުޅިންނެވެ. އަސްލު ތެދަކަށް ވެގެނެއް ނޫނެވެ. ގައުމު އިއްޒަތް މިޙާލަތައް ގެނައުމުގެ ހަރުކަށި ފިކުރުގެ މީހަކީ ތިއީއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ މީހަކާވެސް ކޯލިޝަން ހަދާފާނެއެވެ. ނުވަތައް ގިރިގިރިއަށްވެސް އަރާފާނެއެވެ. ނަންވާނީ އެނދިމަރިޔަބާއި ރެހެންދީ ޚަދީޖާ ވިއްޔާއެވެ؟ ބޯހަލާކު އަދި ގައުމުގެވެސް ހަލާކު. ވަރަށްދެރަވެއްޖެ.

Leave a Reply

ފަހުގެ އަޕްޑޭޓް