ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގައުމު އަޅުވެތި ވެދާނެކަމުގެ ބިރު އޮތުމުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވާފައިވަނިކޮށް, ޖޭޕީން ނިންމާފައިވަނީ އިންތިޚާބުގައި ވަކިން ވާދަކުރުމަށެވެ.
ޖޭޕީން އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމީ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމް ކުރެއްވި ޓުވީޓެއްގައިވަނީ ޕާޓީން އެ ނިންމުން ނިންމި އެއް ސަބަބު ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގައުމު އަޅުވެތި ވެދާނެކަމުގެ ބިރު އޮތުމަކީ އިންތިޚާބުގައި ވަކިން ވާދަކުރުމަށަ ނިންމި މައިގަނޑު އެއް ސަބަބު ކަމަށެވެ.
“ރައީސް ޞާލިޙްގެ ސަރުކާރުގެ އަމަލުތަކަށް ބަލާއިރު ގައުމު އަޅުވެތިވެދާނެކަމުގެ ބިރު އޮތުމަކީ ވެސް 2023 ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީ ވާދަކުރަން ނިންމި މައިގަނޑު ސަބަބުތަކުންކުރެ މުހިއްމު ސަބަބެއް.“
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމީ ބައެއް ޕާޓީތަކުގެ އިސް ވެރިންނާއި, ޖޭޕީގެ ގިނަ މެންބަރުންނާއި, އެތައް ރައްޔިތުންނެއް ކެނޑިނޭޅި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށާއި ޕާޓިގެ އެކި ބޭފުޅުންނަށް ކުރެއްވި އިލްތިމާސާ ގުޅިގެން ކަމަށެވެ. އެ ނިންމުމަކީ ރައްޔިތުންނަށް ހަމަޖެހުމާއި ފާގަތިކަން ލިބޭނެ ނިންމުމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
![]()

One Response
Alhuvethive nimendhen, faadu faaduge gaumee salaamathah nurakkaa ehbasvunthaka indiage military base thah Ibrahim Muhammad Solih hedhihiru ekugai millionun faisaa nagan hurefa dhen Thihen buneema kamakunudhey. Thiyabunanee dhivehinnakee qamaaru bayekey. Handhaan naththaalaa.