ވަކީލު އާދަމް އާސިފް ހައްޔަރުކުރުމަކީ ފިނޑި އަމަލެއް

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ގާނޫނީ ވަކީލު އާދަމް އާސިފް ހައްޔަރުކުރުމުން އިިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވަކީލު އާސިފް ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިންނެވެ.

އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ވަކީލު އަދި ޕީޕީއެމްގެ އިސްތިއުނާފު ކޮމިޓީގެ ނާއިބު މުގައްރިރު އާސިފް ހައްޔަރުކުރުމަކީ ފިނޑި އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ. އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ.

އިހުތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކުރާއިރު އިހުތިޖާޖުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުން ވެސް ހައްޔަރު ކުރަމުން ގެންދާ ތަން ފެންނަމުންދާ ކަމަށާއި ރޭގެ އިހުތިޖާޖުން ވެސް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

“ހައްޔަރު ކުރުމުގެ ތެރޭގައި ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ކޮށްފައެވެ. އެ ގޮތުން ޒުވާން ކަނބަލަކު ހައްޔަރުކުރުމުގައި ފުލުހުން އމަލުކުރި ގޮތުން އެ ޒުވާނާ ހޭނެތިފައިވާއިރު އެ ޒުވާނާގެ ސިއްހީ ހާލަތު ސީރިއަސްވެ މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މިފަދަ ލާއިންސާނީ ޢ؛އަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު މިކަންކަން ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ.“ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ އެއްވެސް ކަމަކާއި ނުލައި ރައްޔިތުން ހައްޔަރުކޮށް އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުން ގެންދާއިރު އެ ކަންކަން ބެލުމުގެ ޒިންމާ ހަވާލުވެފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާތައް ގަދަ ނިދިން ހޭލައި އެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ. އަދި ވަކީލު އާސިފާއި އިހުތިޖާޖުގައި ބައިވެރިވެގެން އަދި ބައިވެރިނުވެ ކަންކަން ބެލުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރި އެންމެން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް ގޮވައިލާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް