ރައީސުންގެ މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ނައިބު ރައީސް ފައިޞަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބޭރުކޮށްލައިފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވި ވަގުތުގައި ވަގުތީ ގޮތުން ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ގޮތުން ނައިބު ރައީސް ފައިޞަލް ވަނީ 

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ގާނޫނީ ހުވާކުރައްވައިފައެވެ.

ފައިޞަލް ހުވާކުރެއްވީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ހެނދުނު 6:00 ގައެވެ.

އޮޮޕަރޭޝަނަށްފަހު ރައީސް ޞާލިޙް އަލުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ 09:30 ގައެވެ.

ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން ޞާލިޙަށް މަގާމުގައި މިހާރު ހުންނެވޭނެ ގާނޫނީ ހުއްޖަތެއް ނެތްކަމަށް ގަބޫލުކުރާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ.

އިދިކޮޅުގެ ގާނޫނީ ވަކީލު އަޙްމަދު ޞިއްދީޤް ވިދާޅުވީ ސްޕްރީމް ކޯޓުން މިއަދު 13:35 ގައި އެ މައްސަލަ ބޭރުކޮށްލާފައިވާ ކަމަށެވެ.

މި ކަމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުކެއް މިއަދު 16:00 ގައި ޕީޕީއެމް އޮފީހުގައި އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

Loading

One Response

  1. އަހަރުމެންނަށް އަހަރުންގެ ރައީސުލްޖްހޫރިިއްޔާއަކީ ކާކުކަން އެގެއެވެ. ކަލޭމެން ތިޔަތިބީ މީގެ ހަތަރު އަހަރުކުރިން ފެށިގެން ވާނުވާގައެވެ. ތިޔަހެން ވާނުވާގައި އަބަދަށްވެސް ޖެހޭނީ ތިބޭށެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް