ޑރ.މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

Loading

Facebook
Twitter
WhatsApp

އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޑރ.މުނައްވަރު ހާމަކުރެއްވީ މިއަދުއެވެ. އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 ކުރިއަށްލުމަށްފަހު އޭނާގެ ނަން ޖައްސަވައިފައެވެ.

ކެމްޕޭން ލޯގޯއަކަށް ބޭނުންކުރައްވަނީ “ދޮންދީނި“ އެވެ.

އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑރ.މުނައްވަރު ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ޑރ.މުނައްވަރު މިހާރު ވަނީ ކެމްޕޭން މަރުކަޒެއް ވެސް ހުޅުއްވައިފައެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑރ.މުނައްވަރު ވަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވައިފައެވެ. ނަމަވެސް އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތީއެވެ.

ޑރ.މުނައްވަރު ރައީސްކަމަށް ވާދަކުރައްވަން ނިންމެވިއިރު މިދިޔަ ޖަނަވަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވަނީ ރައީސް މުޙައްމަދު ނަޝީދު އަރިހުގައި ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ފަހަކަށް އައިސް ޑރ.މުނައްވަރު ގެންދަވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން ޗާގޯސް މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ފޮޓޯ: މިހާރު

Loading

Leave a Reply

ފަހުގެ އަޕްޑޭޓް