މާލޭ ސިޓީ ކައުންސިލުގެ ރައްޔިތުންގެ ބައްދަލުވުން މިރޭ 

Loading

Facebook
Twitter
WhatsApp

މާލޭ ސިޓީ ކައުންސިލުގެ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރު ވެސް ރައްޔިތުންގެ ބައްދަލުވުން ބާއްވަން ކައުންސިލުތަކުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.

އެ ގޮތުން މި އަހަރުގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

”މި ބައްދަލުވުން ކުލަގަދަ ވާނީ އެ ތަނުގައި ލާ ކުލަބޮކިތަކަކުން ނޫން. ގިނަ ރައްޔިތުންގެ ބައިވެރިވުން އޮވެގެން.“ ކައުންސިލުގެ 90 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު ޑރ.މުޙައްމަދު ވިދާޅުވިއެވެ. 

މިރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާއަށް ވަގުތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީގެ މަގުތައް ހެދުމާއި ގޯތި ދޫކުރުމުގައި ހުރި ކަންބޮޑުވުންތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިރޭގެ ބައްދަލުވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

Loading

One Response

  1. ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ހޯދައިގެން އެ މަގުން ރައްޔިތުންނަށް ޚިދުމަތްކުރުމަކީ އިސްލާމީ ދައުލަތެއް ހިންގަންޖެހޭނެގޮތެވެ. އަޅުގަނޑުމެންގެ މައްސަލައަކީ ބާރުތައް ލިބިދޭ ގޮނޑިއަށް އިންތިޚާބު ކުރެވުމާއެކު ރައްޔިތުންގެ މަތިން ހަނދާން ނެތުމެވެ. އަޅުގަނޑުގެ ދުއާއަކީ ހެޔޮ މަގުގައި ސާބިތުވެ ހުރުމުގެ ހެޔޮ ތަވްފީގު މާތް ﷲ މުއިއްޒަށް މިންވަރުކޮށް ދެއްވުމެވެ. އާމީން

Leave a Reply

ފަހުގެ އަޕްޑޭޓް