ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް, މެންބަރުން އެކި މައްސަލަތަކަށް ބަހުސް ކުރައްވާއިރު އެކަން ހުއްޓުވައި ނަޝީދު ވާހަކަ ދައްކަވައި ޚިޔާލު ފާޅުކުރައްވާތީ މެންބަރުން ގެންދަވަނީ ތަކުރާރުކޮށް އެކަން ފާހަގަކުރައްވަމުންނެވެ.
އަދި އެއީ މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާއާ ޚިލާފުކަމެއްކަން ވެސް މެންބަރުން ނަޝީދަށް ހަނދާންކޮށް ދެއްވައެވެ.
މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި މަޖިލީހުގެ ރައީސް ބައިވެރިވެ ޚިޔާލު ފާޅުކޮށްގެން ނުވާނެއެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިހާތަނަށް އެއްވެސް ޖަލްސާއެއްގައި ކުރެވުނު ބަހުސެއްގައި ބައިވެރިވެވަޑައިގެންފައިވާ ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށެވެ. އަދި “އަނގައިން އެއްޗެއް ބުނުމަކީ“ ބަހުސްގައި ބައިވެރިވެވަޑައިގަތުން ކަމަށް ދެކުމަކީ ރަނގަޅު ގޮތަކަށެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ހޯދައިދިނުމުގައި ކަމަށާއި އެ ހައްގުތައް ހޯދައިދިނުމުގައި ފަހަތަށްނުޖެހި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ތިއްބަވާ ކަމަށާއި އަދި މަޖިލީހުގެ ރިޔާސަތާ ދޭތެރޭ އިންތިހާއަށް ރުހިވަޑައިނުގަންނަވާ ބޭފުޅުން ވެސް ތިއްބެވިކަން ފާހަގަ ކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުމުގަޔާއި ގާނޫނު ހެދުމުގަޔާއި މި ދެ އަސާސީ މަސައްކަތުގައި މަޖިލީހުގެ ގަވާއިދު ތަންދޭ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އެކަންކަން ކުރެއްވުމަށް ކަމަށެވެ.
One Response
ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް އަންނި ހޮވަމާ ހިނގާށެ ނަލަކުރަމާ މިވަތަންގެ ކުރިމަގު ހިނގާރުވަން ފެންދީ އާރޯކުރަމާ މިވަތަންގެ ދަރިންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ދިރިއުޅުން މާލެ ސަރަހައްދުން ކޮންމެ ކަތަކަށް ގޯއްޗެއް ދީގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ގާސިމް ރައީސް ކަމަށް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….