ދާދި އިހަށް ދުވަހުގެ ވާހަކައެވެ. 2008 ގެ ފެބްރުއަރީ 01 ވަނަ ދުވަހު އޭރުގެ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ބަޔަކަށް ދިވެހި ޚާއިނުންތަކެއް ވަސްވާސްދީގެން ނެރުނު ޙުކުމެއްގެ މައްސަލައެވެ. އަޅުގަނޑު މިހެން މިދަންނަވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔަކު އެދުވަސްވަރު ތިމަންނަމެން ބުނެގެން ހުކުމެއް ނެރުނީމަވެސް އެވެނިހެން މިވެނިހެންވީ ވާހަކަ ދެއްކެވިކަން ސޯޝަލް މީޑިއާގަ އެނބުރުނީމައެވެ. މިވިޔަފާރިވެރީންނަށްވެސް އެމީހުންގެ ވިޔަފާރިއާ ޕާރޓީ، އިސްލާމް ދިނާއި މިޤައުމަށްވުރެ ބޮޑެވެ.
ޤައުމުގެ މަސްލަހަތަކީ އެއްވެސް އެއްޗެއް ނޫންކަމަށް ވީތޯއެވެ؟ ދީނާއި ޤައުމަށްވުރެ ޕާރޓީ ނުވަތަ ފިކުރު ބޮޑުވީތޯއެވެ؟ ހިތާމަ ހުރިކަމެކެވެ. މިހާރުގެ ތުރުކިޔޭ އަށް ކަންވީ ކިހިނަކުންތޯ ގޫގުލް އިންވެސް ބަލާލަންވީނޫންތޯއެވެ؟ އަތާތުރުކު ކިޔާމީހަކު އެޤައުމު ސެކިއުލަރ ކުރިކުރީނުން އިސްލާމް ދީންވެސް އޮޔާ ދިޔައީ ނޫންތޯ؟ މިހުރީ އަޅުގަނޑުމެން ދިވެހީން ވިސްނާ ފިކުރުކުރާން ޖެހޭ ކަންކަމެވެ.
ކުރީގެ އިސްތިއުފާދެއްވި ރައީސް ނަޝީދު މިހާރު ހިނގަމުންދާ އެމްޑީޕީގެ ހޫނު ކެމްޕޭންގެ ތެރޭގައި ރައީސް ޔާމީން އަކީ ވިޝަނަރީ ލީޑަރެއްކަން ވިދާޅުވުމުން 2018 ވަނަ އަހަރު ރައީސް ޔާމީން ކުރެއްވި ކަންކަމަކީ ދިވެހިޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ކުރަން މަޖުބޫރު ފިޔަވަޅުތަކެއްކަން ހާމަވެއެވެ. އެވޭލާއިން ފެށިގެން އަދާހަމަ އިންޑިއާ ބައްރުގެ ހިންދޫން ދިވެހިރާއްޖެ އަޅުވެތިކުރަން ނޫނީ އެމީހުންގެ ސްޓޭޓަކަށް ހަދަން މަސައްކަތް ކުރާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ދިވެހީންގެ މުހާވިރާއެއްގައި އޮވެއެވެ. އިހަށްނުވި ރަށްކަލެއް ފަހުން ނުވެވޭނެއެވެ. ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުގެ ރައީސް ކަމުގެ ދައުރުގައިވެސް އިންޑިއާގެ މަތީފެންވަރުގެ ޑިޕްލޮމެޓުން ސިދާ އެ މަނިކުފާނާ ރައީސް އޮފީހުގައި ބައްދަލު ކުރައްވާ އިންޒާރު ދެއްވިކަން ފާހަގަ ކުރެވެއެވެ.
2008 ފެބްރުއަރީ 01 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށްގެން ރައީސް ޔާމީނަށް ހިންދުތުވާ ބޮޑުވަޒިރު މޮޑީ ކިހާ ފިއްތުމެއް ކުރިމަތިކުރިތޯ؟ ދެން މިއައި ވެރިކަމުގައި ހިންދޫ މޮޑީ މިސަރުކާރުގެ މީހުނާ މިއޮންނަނީ ކޮންކަހަލަ ގުޅުމެއްތޯ ބަލަން ޖެހެއެއްނޫންތޯއެވެ؟ ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަޙައްދު އިންޑިއާ މީހުންގެ ހިތަކަށް ދީގެން ބެޑްރޫމް ފޮރިން ޕޮލިސީގަ މިސަރުކާރު މިއޮށް ކުރިއަށްދަނީނޫންތޯ؟
އަޅުގަނޑު ޤަބޫލު ކުރަނީ ވިޝަނަރީ ލީޑަރުންނަށް ފެންނަ މަންޒަރު އެހެންކަހަލަ ސޮހޮލު ލީޑަރުންނަށް ފެންނަ މަންޒަރަށްވުރެ ތަފާތު ވާނެއެވެ. މިނިވަން ކަމުގެ ބާނީ އަދި އަޅުގަނޑު ޤަބޫލުކުރާ މިޒަމާނުގެ ދިވެހިރާއްޖޭގެ ބައްޕަ (ފާދަރ އޮފް ނޭޝަން) ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ފަދައިން ރައީސް ޔާމީނަކީވެސް ދިވެހިރާއްޖޭގެ ޤައުމު، އިސްލާމްދީން އަދި ދިވެހީންގެ މަޞްލަހަތާމެދު ނުހަނު ލޯތްބާ އިހުތިރާމް ދެއްވި ބޭފުޅުންނެވެ.
ހިރަފުސް ފޮޅާލާނަމެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އިންޓްރެސްޓް ނުނެގިގެން އެމަނިކުފާނުގެ ސަމާލުކަމަށް މިކަން ގެނައެވެ. އަދި ބޭންކެއް ހިންގަން ބޭނުންނަމަ ރިބާނެގެން ޖެހޭނެކަމަށް ވަކާލާތު ކޮށް އެކަން ކާމިޔާބު ކުރިއެވެ. އޭރު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އަންނަނީއެވެ. 1978 ނޮވެމްބަރ 11ގެ ފަހުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދިވެހިރާއްޖެ ހިތަކަށް ލިބުނީއެވެ. ވޯރާއިންނަށް ނުވި ކަންތައް ބޭންކެއް އައިސް މިއޮށް ކޮށްނިންމާލީއެވެ.
ދިވެހި ދައުލަތުގެ ދިފާއީ ވަޒީރު އަޅުގަނޑު މިކިޔާ ޕޯޗުގީޒު ހުރަވީ ހާންދާނުން އައި މީހެއް ކަމުގައިވާ މާރިއާ އަހުމަދު ދީދީ، އެމަޤާމުގައި ހުރެގެން ދިވެހީންނަށް ރައްދުވާގޮތަށް ކުޑައިމީސް ބަސްބުނާތަން ފެނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. ކިތަންމެ ކުޑަޔަސް ދިވެހިރާއްޖެއަކީ ވެސް މިނިވަން ޤައުމެކެވެ. އަހަރުމެންގެ ރައްޔިތުންނަށް އަހަރުމެންގެ ތެރޭގައި އެކަކު އަނެކަކު އިޙުތިރާމް ކުރާން ޖެހޭނެއެވެ. ނޫނީ އެއްބައިވަންތަކަން ނެތިހިނގައިދާނެއެވެ.
ޔުނައިޓެޑް ނޭޝަންސްގެ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އާރޓިކަލް 19 އާއި ގުޅުވައިގެން ލިޔެވިފައިވާ ލިޔުންކޮޅެކެވެ. މީގެންވެސް މިއެނގެނީ ވެރީން އެބައިމީހުންގެ މަޤާމްގެ ނުފޫޒު ބޭނުންކުރާ ގޮތެވެ.
ދިވެހިރާއްޖެގެ ތާރީޚް ދިރާސާ ކުރައްވާ ފަރާތަކަށް އެއްވެސް އޮޅުމެއް ނާރާނެއެވެ. އިންޑިއާގެ މީހުން އެކިޒަމާނުގައި އެކިގޮތަށް ދިވެހިރާއްޖެ އަކީ އެމީހުންގެ ތަނަކަށް ހަދަން ވަރަށް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. މިހާރުގެ ދެކުނު އިންޑިއާގައި ޗޯލާއިން ވެރިކަން ކުރި ދުވަސްވަރުން ފެށިގެން ލިޔެވިފައިވާ ތާރީޚުގައި އިންޑިއާބައްރު (އިންޑިއަން ސަބްކޮންޓިނެންޓް) ގެ އެކިއެކި ދަރިކޮޅުގެ މީހުން ދިވެހިރާއްޖެ ހިފުމަށް ކުރި މަސައްކަތް ފެންނާން އެބަހުއްޓެވެ. ބައެއްފަހަރު އުތުރުގެ އަތޮޅުތަކަށް އަރައި އެރަށްތަކަށް ބާރުހިންގިއެވެ. އަނެއް ބައިފަހަރު މާލެއަށް އައިސް ދިވެހި ވެރީންނާއި އެކިއެކި ގޮތްގޮތަށް ހަނގުރާމަކޮށްފައި އެބަހުއްޓެވެ. މިއީވެސް އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކަ އެއްނޫނެވެ. ދިވެހިރާއްޖޭގެ ރަހުންނާއި ރަނިންގެ ފޮތުގައިވެސް މިކަންކަން ސަރުކާރުން އެންޑޯރސް ކޮށްފައި ވެއެވެ. އެހެން މިނަންގަތީ އެފޮތްތަކަކީ ދައުލަތުން ޗާޕުކޮށްގެން ވިއްކާތަކެތި ކަމުގައިވާތީއެވެ.
ދިވެހި ރަސްރަސްކަލުންގެ ތެރެއިން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ރަސްކަންކުރެއްވީ މީލާދުން 1648 އިން 1687 އަށް) ގެ ރަސްކަމުގައި ކަންނަނޫރު އަލީ ރާޖާގެ އުނދަގޫ ބޮޑުވެ، ދިވެހީންގެ ތެރެއިން މަލާބާރީންނާ ހަނގުރާމަކޮށް، ކާމިޔާބު ހޯދާފައިވާ ބަޔަކު އަލީ ރާޖާ އަށް ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ފޮނުއްވެވިއެވެ. ގޯވާ އަދި ކަންނަންނޫރަކީ މިހާރުގެ ހުޅަނގު އިންޑިއާގެ ބިތުގައިވާ ތަންތަނެވެ. މިނަންގަނެވުނު ދިވެހީން ކަނޑިއާއި ބަޑިން ހަނގުރާމަކޮށް އެބައިމީހުން ބިރުގަންނަވާފައި ނަޞުރު ހޯދައިގެން އަނބުރާ ދިވެހިރާއްޖެ އަށް އައެވެ. (ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން ފޮތުގެ 157 ވަނަ ޞަފުޙާ)
މިހެންކަމުން އަހަރުމެންގެ ކާބަފައިންނަކީ ވަރަށްފުދިގެން މީގެ އެތަކެއް ހާސް އަހަރުކުރިން މިރަށްތަކުގައި ވެރިކަންކުރަމުން އައި ބަޔެކެވެ. ދިވެހިރާއްޖެއަކީ މީގެ 7000 އަހަރު ކުރިން މީހުން ޔައުނީ އަހަރުމެންގެ ކާބަފައިން ވަޒަންވެރިވެފައިވާ ތަނެކެވެ. ޢިލްމަކީ ކޮންމެ މީހަކުވެސް ހޯދަންއުޅުނީމަ ލިބޭ އެއްޗެކެވެ.
މިލިޔުމުގައި އަޅުގަނޑު ކުޜީގެ އިންޑިއަން ސަބްކޮންޓިނެންޓް ލިޔެފައިވަނީ އިންޑިއާ މިޤައުމަކީ 1948 ގެ ފަހުން ވުޖޫދުވި ޤައުމެއްކަމުގައި ވާތީއެވެ. މި ނަންގަނެވުނު އިންޑިއަން ސަބްކޮންޓިނެންޓްގެ ތެރޭގައި ހިމެނުނު އެތަކެއް މިނިވަން ޕްރިންސްލީ ސްޓޭޓް ތަކަކަށް ވެރިވެގެންނެވެ. އެއިގެ އެންމެ ބޮޑު ދެމިސާލަކީ އިންޑިއާގެ 22 ވަނަ ސްޓޭޓްގެ ގޮތުގައި ސިއްކިމް 16 މެއި 1975ގައި އިންޑިއާއިން އެއްކޮށްލުން އަދި ހައިދަރުއާބާދުގެ ނިޒާމުންނަށް މަޖުބޫރުކޮށް އެސްޓޭޓް އެއްކޮށްލުން، އެކަމު ދިވެހިރާއްޖެއަކީ މީގެ އެތަކެއް ހާސް އަހަރުކުރިން އެކުގައި އޮތް ޤައުމެކެވެ.
ރިފަރެންސް
ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން / ހ. ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނު
ދިވެހި ތާރީޚަށް އައު އަލިކަމެއް / ފުރަތަމަ ޗާޕު 1958-1966 ދެވަނަ ޗާޕު 1980
ކަވަރ ފޮޓޯ:
One Response
ބާރުގަދަމީހުންގެ ނުވަތަ ބާރުގަދަ ގައުމުތަކު ބާރު ފަތުރަން މަސައްކަތް ކުރުމަކީ އިއްޔެއަކު އެކަނި ކުރި މަސައްކަތެއްނޫނެވެ. މިހާރުވެސް އެކަން ހިނގަމުންދަނީ އެގޮތަށެވެ. މުސްތަގްބަލްގައި އެކަން ހިނގާނީވެސް އެގޮތަށެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚް ލިއުނު ބަޔަކު ލިއެފާއޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެ ކޮންމެ ނުރައްކާތެރިކަމެއްގައި އިސްކޮށް އުޅުނީ ދިވެހިންނެވެ. ކުރީ ޒަމާނުގެ ގޮތެއް ނެގެއެވެ. މިހާރު ހަމަގައިމެވެސް ވަނީ އެހެންނެވެ. ރަނގަޅު އެކަކުވެސް ނެތެވެ. އެންމެ ފުރަތަމަ ދިވެހިރައްޔިތުން ދިވެހި ގައުމަށް ތެދުވެރި ވެވޭތޯ ބެލުން ބުއްދި ވެރިއެވެ. މަހުޖަނުން ގައުމު ވިއްކަނީ މިލިއަނުންނެވެ. ރައްޔިތުންގެ ބާރުގައި އެކަން ހުއްޓުވަންޖެހޭނެއެވެ. އޭގެ ބަދަލުގައި ތިމަންނާ ގައުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފަސްސަތޭކަ ރުފިޔާއަށް އަގުކޮށްފާ މަހުޖަނުގެ ވާހަކަ ދައްކަން ތިބުން ރަނގަޅެއް ނޫނެވެ. މިއީ ވިހިވަަނަ ގަރުނުގެ ކުރިއެއްނޫނެވެ. ރައްޔިތުންނާ އެއްކޮޅަށް މަދަދު ކުރާނެ ބޮޑެތި ބާރުތަކެއްވެސް އޮންނާނެއެވެ. ރައީސް ބައިޑަން ވިދާޅުވިފަދައިންނެވެ. ކީވް ނުވެއްޓޭނެއެވެ. ކީވް ވެއްޓުނަކަ ނުދޭނަމެވެ.