އިރާގުން ޗައިނާއާއެކު ކުރާ ވިޔަފާރީގެ އަގު ޔުއާނުން އަދާކުރާގޮތަށް ނިންމައިފި

Loading

Facebook
Twitter
WhatsApp


ރޮއިޓާރސް އިން ޚަބަރުދޭގޮތުގައި އިރާގާއި ޗައިނާއާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތު ތަކުގެ އަގު ޔުއާނުން (ޗައިނާ ފައިސާ އިން) އަދާކުރުން ހުއްދަކުރާގޮތަށް އިރާގުގެ މަރުކަޒީބޭންކުން މިއަދު ނިންމައިފިއެވެ. 

މިއީ އިރާގަށް ދިމާވެފައިވާ ބޭރުފައިސާ ލިބުން ދަތިވުމުގެ ސަބަބުން އެޅުއްވި ފަޔަވަޅެއް ކަމަށް ބެލެވެއެވެ. ގައުމުގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިކަމާހުރެ އެހެން މަގެއްފެނޭތޯ މަރްކަޒީ ބޭންކުން ގެންދަނީ ބަލާ ފާރަލަމުންނެވެ. މީގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ރުހުމާއެކު މިމަހުގެ ތެރޭގައި އިރާގުގެ ފައިސާގެ އަގުވެސް ވަނީ އަލުން ބަދަލު ކޮށްފައެވެ. އަނެއްކާވެސް އެމިރިކާގެ އަށް ލިބޭ ބޮޑުގެއްލުމެކެވެ. އެހެނީ މިގޮތަށް ހަމަޖެހުމުން އެމެރިކާގެ ސުވިފްޓް ސިސްޓަމް ބޭނުން ނުކޮށް ދެގަމުގެ ފައިސާއިން ވިޔާފާރި ކުރެވޭގޮތް ހަމަޖެއްސީމައެވެ.      

އިރާގް ސަރުކާރުގެ އިގްތިސާދީ މުސްތަޝާރު މުދީރް ސާލިޙް ވިދާޅުވީ އިރާގަށް އެތެރެކުރާ މުދަލުގެ އަގު މިހާތަނަށް އަދާކުރަމުން ގެންދަނީ އެމެރިކާ ޑޮލަރުން ކަމަށެވެ. މިއީ ޔުއާނުން އަގުއަދާކުރަން ހަމަޖެހިފައިވާ އެންމެ ފުރަތަމަ ފަހަރެވެ.ރޭވިފައިވާގޮތުން އިރާގުގެ ގިނަ ބޭންކުތަކެއްގައި ޔުއާނުގެ އެކައުންޓްތައް ވަރަށް އަވަަހަށް ހުޅުވިގެން ދާނެއެވެ. އަދި ސިންގަޕޯރުގެ ޑީ. ބީ. އެސް.  އާއި ޖޭ. ޕީ. މޯރގަން މެދުވެރިކޮށް އިރާގުގެ ބޭންކު ތަކުގެ އެކައުންޓް ފުޅާކުރެވިގެންވެސް ދާނެއެވެ. 

މީގެ ތެރެއިން ފުރަތަމަ ފާހަގަކުރެވުނު ގޮތް ބިނާކުރެވޭނީ މަރްކަޒީ ބޭންކުގައި ޔުއާން ހުންނަ މިންވަރެއްގެ މައްޗަށެވެ. ދެވަނަ ގޮތުގައި  ޑީ. ބީ. އެސް. ނުވަތަ ޖޭ. ޕީ. މޯގަން ގައި ހުރި އިރާގީ ބޭންކުތަކުގެ ޑޮލަރުގެ ނިސްބަތެއްގެ މައްޗަށެވެ.

މިގޮތުގައި ޑޮލަރު ޔުއާނަށް މާރުކުރުމަށްފަހު ޗައިނާއިން މުދާ ވިއްކިފަރާތަށް އަގު ޔުއާނުން އަދާކުރާނީއެވެ.                                                

ޗައިނާއިން ގެންދަނީ އެމީހުންގެ މާލީ ނިޒާމު އެކިގޮތްގޮތުން ދުނިޔޭގެ މާރކެޓްތަކަށް ފުޅާކުރަމުންނެވެ. އަދި ބައެއް ގައުމުތަކުން އެތެރެކުރާ މުދަލަށް ޗައިނާގެ ފައިސާއިން އަގު އަދާކުރުންވެސް މިހާރު ދަނީ އިތުރު ވަމުންނެވެ.

މިހާރުވެސް ރަޝިޔާ އާއި ޗައިނާގެ ވިޔާފާރީގެ ބާޒާރު ވަނީ ދެގައުމުގެ ފައިސާއިން ޕޭކުރެވޭގޮތަށް ހަމަޖެހި އެމެރިކާ ޑޮަލަރު ބޭނުން ނުކޮށް ވިޔާފާރި ކުރެވޭގޮތް ހަދާފައެވެ.                                                             

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް