ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވާތީ އެމެރިކާވެސް ރަތަށް

Loading

Facebook
Twitter
WhatsApp

ހަނގުރާމައިގާ އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ގެންދިއުމާއިގުޅިގެން އެމެރިކާއިންވެސް ރަތަށް އަރައިފިއެވެ. 

މިދުވަސްވަރަކީ ޔޫރަޕްގެ ގައުމުތަކުންނާއި ޔޫ.އެން. މެމްބަރުންގެ ބޮޑު މެޖޯރިޓީއަކުން ފަލަސްތީނުގެ އެ ބިންތަކުން ޔަހޫދީން ފޭބުމަށް ބާރުއަޅައި އިޒްރާޢީލް ކުށްވެރިކުރަމުން ދާ ދުވަސްވަރެކެވެ. 

އަދި މިއީ އެމެރިކާއިން ބުނަން ބޭނުންވެގެން ބުނި އެއްޗަކަށް ނުވިޔަސްޔުނައިޓެޑް ނޭޝަންސުން އެއީ އިސްރާޢީލުން ހިންގާ ޣައިރު ގާނޫނީ ޢަމަލެއްކަމަށް ބުނެ އެކަން ހުއްޓުވަން ކުރަމުންގެންދާ މަސައްކަތައް ލިބުނު ހިތްވަރެއްކަމަށް ވޯޝިންޓަނުން ރޮއިޓާސް ޚަބަރު ދީފިއެވެ.   

އިސްރާޢީލަށް ފާޑުކިޔުމުން ރައީސް ބައިޑްން މިހާރު ހުންނެވީ ބޮޑުވަޒީރު ނަތަންޔާހޫ ކުރާ ކޮންމެ ކަމަކަށް އާނ ބަސް ބުނަންނޫންކަން ދޭހަކޮށް ދެއެވެ. ވައިޓް ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި ޔަހޫދީންގެ އާބާދީތައް ފަލަސްތީނުގެ ބިންތަކުގައި އިތުރުކުރަމުން ގެންދިއުން އެއީ ޙަގީގަތެއް ކަމަށާއި އެގޮތަށް އެކަން ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ މުސްތަގްބަލްގައި އުފެދޭނެ ފަލަސްތީނުގު ދަވްލަތް އުފެއްދުމުގައި ސުލްޙަވެރިކަމަށް ހުރަސް އެޅުމެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވަނީ މައްސަލައިގާ އިތުބާރުގެއްލި ދެގައުމުގެ އިންތަކަށް ފަރުވާލެއް ނުބަހައްޓައި އަމިއްލައަށް ފެންނަ ގޮތަކަށް އެއްވެސް ބަޔަކު ކުރާ ކަންކަމަށް އެމެރިކާއިން ގަދަޔަށް ދެކޮޅު ހަދާނެކަމަށެވެ.އަދި އެކަމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް ގަބޫލު ކުރާކަމެއް ނޫނެވެ.

އެކަމަކު މިދިޔަ އާދީއްތަދުހުވެސް ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިތުރު ނުވަ ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ.

ނަތަންޔާހޫ ބުނަމުން ގެންދަނީ އޭނާގެ އީމާންކަމުގައި ފަލަސްތީނުގެ ބިމެއް ނޯންނާނެއެވެ. މިހާރުވެސް ފަލަސްތީނުން އެތިބެނީ ތައުރާތުން ޔަހޫދީންނަށް ވާރުތަކޮށްދީފައި އޮތް ބިމެއް ގައެވެ.

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވަން ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓުވާލުމަށް ޓަކައި އެމިރޭޓްސް ގެ އިސްނެގުމާއެކުމިހާރުގެންދަނީ ސަލާމަތީ މަޖިލީހުން ގަރާރެއް ތައްޔާރު ކުރަމުންނެވެ. 

އެ ގަރާރުގެ ކޮޕީއެއް ރޮއިޓަސްއަށްވެސް ވަނީ ދައްކާލާފައެވެ. ލަފާކުރެވޭ ގޮތުގައި މި އަންނަ ހޯމަ ދުވަހު އެ ގަރާރަށް ވޯޓަށް އެހުން އޮންނާނެއެވެ.                                                          

މިމަސައްކަތާގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ދެވަނަ ތަރުޖަމާނު ވެދާންޓް ޕަޓޭލް ވިދާޅުވަނީ މިއީ ގަރާރުތަކެއް ނެރެންވީ ވަގުތު ނޫންކަމަށާއި ދެ ދައުލަތް އުފެއްދުމުގެ ވާހަކަތަކައިގެން ކުރިޔަށް ދާންވީ ވަގުތު ކަމަށެވެ. ބެލެވޭ ގޮތުގައި މޮޅުވާހަކަތަކެއް ދެއްކުމަށްފަހު އަބަދުވެސް އެމެރިކާއިން ކަންކުރާގޮތަށް އެ ގަރާރައި ދެކޮޅަށް އިޒްރާޢީލް އާއި އެއްކޮޅަށް ވޯޓްދޭނެއެވެ.

އެގޮތުން މިފަހަރުވެސް އެމެރިކާއިން މި ގަރާރު ވީޓޯ ކުރާނީތޯ ޔުނައިޓެޑް ނޭޝަންސް ގައި ހުންނަވާ އެމެރިކާގެ ސަފީރު އަރިހުން ސުވާލު ދެންނެވުމުން ވިދާޅުވީ ތިޔަ ސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.    

Loading

One Response

  1. އެއީ ޔޫކްރެއިންގެ ބާރުގެ ދަށުގައިހުރި ސޮވިއެޓްޔުނިއަންގެ ބިންތައް މިހާރު ކުރަމުންގެންދާ ހަނގުރާމައިގާ ރަޝިޔާއިން އަތުލައިފިނަމަ ދެން ކަންތައްކުރާނެ ގޮތަކާ މެދު ސަބަބުވެރި ވިސްނުމަކުން ވިސްނާފާ ފުރުސަތު ހޯދަންވެގެން ގޮތް ދައްކަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް