އިނގިރޭސި ވިލާތުގައި މިއަހަރު ފިނިމޫސުމް މައިނަސް 10 އަކަށް

Loading

Facebook
Twitter
WhatsApp


އިނގިރޭސި ވިލާތުގެ މޫސުމާބެހޭ އޮފީހުން ސްނޯ އާއި ގަނޑުފެނާއި އަދި ދުންފިނީގެ ރީދޫ އިންޒާރު އާންމުކޮށްފައި ވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފިނިހޫނުމިން މައިނަސް 10 ދަރަޖަ ސެންޓިގްރޭޑަށް ވެއްޓި ބޮޑެތި މައި އެއާރޕޯރޓް ތަކުގެ ޚިދުމަތަކަށް ބުރޫ އަރައިފިއެވެ. 

ހީތުރޯ އަށް އައި 50 ފްލައިޓާއި ގެޓްވިކް އެއަރޕޯރޓަށް ޖައްސަންއައި 30 ފްލައިޓް ކެންސަލް ކުރަންޖެހި އަދި ބައެއް ފްލައިޓް ލަސްކޮށް އެހެން މަންޒިލްތަކަށް ފޮނުވަން ވެސް ޖެހުނެވެ. އަދި ކޯންވެލް އާއި ގުލޫސެސްޓަރޝަޔަރ ފަދަ ބައެއް ރަށްރަށުގައި މަގުތައް ބޭނުން ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ސްކޫލްތައްވެސް ނުބޭއްވޭނެކަން ވަނީއަންގާފައެވެ.

ގުލޫސެސްޓަރޝަޔަރ އާއި ވޯރވިކްޝަޔަރ ގެ ފުލުހުން ބުނަމުންގެންދަނީ އޮބިނޯންނަ ވަރަށް ޙާާދިސާތައް އިތުރުވަމުން ދާތީއާއި ބައެއް މަގުތަކުގައި އުޅަނދުފަހަރު ތާށިވެފާ އޮތުމުގެ ސަބަބުން ދަތުރުކުރުން މަޑުޖައްސާލުމަށެވެ. ފުލުހުން ބުނާގޮތުން ކޯންވެލްގައި އެކަނިވެސް 2 މަގެއް ވަނީ ބަންދު ކޮށްފައެވެ. އަދި އެހެން ދިމަދިމާލުން ބޮޑެތި އެކްސިޑެންޓްތައް ރިޕޯރޓް ކޮށްފައިވާ ކަމަށާއި ކޯންވެލް ގައި އެކަނިވެސް 300 އަށްވުރެންގިނަ ނުރައްކާތެރި ހާދިސާ މެދުވެރިވެފައިވާ ކަމަށެވެ. 

ލަންޑަނާއި އިރު ދެކުނު އިންގްލޭންޑުގައި ސްނޯގެ ބޯ ވާރޭ ވެހެމުން ދިޔައިރު އެސެކްސް ބައެއް ހިސާބުތަކުގައި 6 އިންޗީގެ ބޯމިނަށް ސްނޯ އޮތީ ފެތުރިފައެވެ.  

ގެޓްވިކް އެކްސް ޕްރެސްއާއި  ސައުތުވެސްޓާރ ރޭލްވޭގެ ދަތުރުތައް ލަސްވެ އަދި ބައެއް ރޭލުގެ ދަތުރުތައް ކެންސަލް ކުރަން ޖެހިފައިވާ ކަމަށްބުނެއެވެ.                                              

ފުލުހުން ޚަބަރުދޭ ގޮތުގައި ސޮލިހުލް ކޯރުތެރެއަށް ވެއްޓުނު 4 ކުއްޖެއްގެ ޙާލު ވަރަށް ސީރިއަސް އެވެ. އަދި ބެބްސް މިލްޕާކުގެ ތެރެއަށް ވެއްޓުނު ބައެއް ކުދިންނަށް ހާޓްއެޓޭކް ޖެހިގެން ފަރުވާދެމުން ގެންދާކަމަށާއި ވެއްޓުނު ކުދިންގެ އަދަދު ނޭންގޭތީވެ އެ ކުދިން ހޯދުމަށް އަތްފުނާއަޅަމުން ގެންދާ ކަމަށެވެ. 

ފުލުހުންނަށް އެންމެ ފުރަތަމަ ލިބުނު ރިޕޯރޓުގައި ގަނޑުވެފައިވާ

ފެންގަނޑު ތެރޭގައި ހަ ކުއްޖަކު ތިބިކަމަށް އެނގިފައިވެއެވެ. އޭގެ ތެރޭން 4 ކުއްޖަކު ފެނިފައިވާއިރު ފެންގަނޑުގެ ފިނިކަމާއި ކުދިންގެ އުމުރާ ހޭދަވެގެން ދިޔަ ވަގުތަށް ބަލާއިރު އިތުރުކުދިން ދިރިތިއްބާ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދެއް ނެތެވެ. އެހެންނަމަވެސް ގަނޑުވެފައިވާ އައިސްތައް ތަޅާ ކުދިކުދިކޮށްގެން އެކުދިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.

މިކާރިސާ ހިނގުމުގެ ކުރިން ގަނޑުފެނުގެ މަތީގައި ކުދިންތަކެއް ކުޅެންއުޅުމުގެ ތެރޭގައި ވެއްޓި ގެނބިގެން ދާ މަންޒަރުގެ މީޑިއާގެ ވީޑިއޯ ތަކުން ފެންނަމުންދެއެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް