ބަންޑުންޖަހާލި ބޯޓު: ކަނޑުވި އެކަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަތް މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 59 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފްގެ އުޅަދަކަށް އިއްޔެ ހަވީރު 17:25ގައި ކަމަށް އެމްއެންޑީއެފްން ބުނެއެވެ.

އެމީހާ ކަނޑުން ނަގައިގެން މާލެ ގެނެސް އައިޖީއެމް އެޗަށްގެންގޮސްފައިވާއިރު އެ ހޮސްޕިޓަލުން ބުނީ މިހާދިސާގައި މަރުވި މީހާ އައިޖީ އެމްއެޗަށް ގެންދިޔަ އިރުވެސް އޮތީ މަރުވަފއި ކަމަށެވެ.  

އިންޑިއާގެ ޓުޓްކޮރިނުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މިބޯޓް ބަންޑުން ޖަހާލީ މިދިޔަ  ބުދަދު މޫސުމް ގޯސްވެ ކަނޑުގަދަވެގެންނެވެ. އޭރު ބޯޓް ދަތުރުކުރަމުން ދިޔއީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުންނެވެ.  

ބޯޓު ބަންޑުންޖަހާލައި އެ ބޯޓުން ދަތުރުކުރި އެ ބޯޓުން ދަތުރުކުރި އެންމެން ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.  

ބަންޑުން ޖަހާލި ބޯޓުގައި ތިބި އިންޑިއާ ހަތް މީހުންގެ ތެރެއިން ހަ މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ ”އެމްވީ ބަރަދުވާޖް“ ނަމަކަށް ކިޔާ ބޯޓެއްގައި، ރޭ 11:45 ހާއިރު އެވެ.

ބޯޓު ކަނޑުވި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ އިއްޔެ 10:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް