އެމެރިކާއިން އަނެއްކާ ވެސް ޔޫކްރޭނަށް 80 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދެނީ

Loading

Facebook
Twitter
WhatsApp

ޔޫކްރޭނަށް އެމެރިކާއިން 80 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދޭން ކަނޑައަޅާފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

މެޑްރިޑްގައި ބޭއްވި ނޭޓޯގެ ވެރިންގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ ޔޫކްރޭންގެ ސިފައިންނަށް ބޭނުންވާ ހަތިޔާރު މެދުކެނޑުމެއްނެތި އެމެރިކާއިން ފޯރުކޮށްދެމުން ގެންދާނޭކަމަށެވެ. އަދި ޔޫކްރޭން ހިމާޔަތްކުރުމުގެ މަސައްކަތުގައި އެމެރިކާ ދެމި އޮންނާނޭ ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ އެމެރިކާ އޮތީ އެކުވެރިންނާއެކުގައެވެ. އަދި ރަޝިއާ އަތުން ޔޫކްރޭން ބަލިނުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ބައިޑެން ވިދާޅުވީ އިނގިރޭސީންނާއި އެހެނިހެން އެކުވެރި ގައުމުތަކުގެ ސިފައިން ވެސް އެ ސަރަހައްދުގައި ބައިތިއްބާނޭ ކަމަށެވެ. ހަމައެގޮތަށް އެމެރިކާއިން ޔޫރަޕުގައި ބައިތިއްބާފައި ތިބި ސިފައިންގެ ތެރެއަށް އެއްލައްކަ ސިފައިން އިތުރު ކުރައްވާނޭކަމަށާއި ސްޕޭނަށް ޢަސްކަރީ އުދުހޭ ބޯޓު ދެއްވާނޭކަމަށާއި ރުމޭނިޔާއާއި ބޯލްޓެކް ސަރަހައްދުގެ ގައުމުތަކާ ދިފާއީ ގުޅުން ވަރުގަދަކުރައްވާނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.   

ރަޝިއާގެ ގައުމީ ސަލާމަތަށް ޔޫކްރޭނުގެ ސަބަބުން ނުރައްކާ ވަމުންދާކަމަށް ބުނެ ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މި އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ. އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އެހީ ޔޫކްރޭނަށް ލިބެމުން ދިޔަކަމަށްވިޔަސް ރަޝިއާއިން ދަނީ ޔޫކްރޭނުގެ މުހިއްމު އެކި ސަރަހައްދުތައް ހިފައި ޔޫކްރޭންގެ މައްޗަށް ގަދަވަމުންނެވެ. 

ރަޝިއާގެ ރައީސް ވުލަދިމީރު ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާއިން ހަނގުރާމަ ހުއްޓާލާނީ ޔޫކްރޭނުގެ ސިފައިން އަމާން ދިނުމުންނެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭނަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު އެމެރިކާއިން ވަނީ ދީފައެވެ.

Loading

One Response

  1. ދީފާހަބައްޓާ. ދުނިޔެ ފުނޑާލުމުގައި އެމެރިކާގެ ރޯލު ވަރަށްވެސް މުހިންމުވާނެއެވެ. ދުނިޔެ މިވީހާތަނަށްވެސް ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށް ގައުމުރައް ފަނާކުރުމުގައި އެމެރިކާ ވަނީ އެއްވަނަ ދަރަޖަ ހޯދައިފައެވެ. ވީމާ އެމެރިކާގެ އަތްދަށުން އެއްވެސް ގައުމެއް ސަލާމަތްވެ ތިބެވޭގޮތް ވެގެން ނުވާނެތާއެވެ. ދުނިޔޭގެ ވެރިމީހާއަކީ އެމެެރިކާ ދަންނަ ހަމައިން އެމެރިކާގެ އެ ހުންނަވާ ރައީސްމީހާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް