އެމްޓީޑީން 3000 މެންބަރުން ހަމަކޮށް ފޯމުތައް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތައް ވަކިކުރަން ނިންމުމާއި ގުޅިގެން އެ އަދަދު ހަމަނުވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން 3،000 މެންބަރުން ހަމަކޮށް މެންބަޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއްގެ ނަން އިއުލާންކޮށް އުވާލާނެކަމުގެ އިންޒާރު ދީ އެޕާޓީތަކަށް އީސީން ވަނީ މިމަހު ފެށުނު އިރު ނޯޓިސް ދީފައެވެ.  

އިލެކްޝަނުން ބުނީ އެ ހަތަރު ޕާޓީ އަކީ 3000 މެންބަރުންގެ ސޮއާ އެކު ރަޖިސްޓްރީ ކުރުމަށް ފަހު ޕާޓީން މެންބަރުން މަދުވެފައިވާ ޕާޓީތައް ކަމަށެވެ. އެ ޕާޓީތަކަށް މާދަމާގެ ކުރިން 3000 މެންބަރުން ހަމަކުރުމަށް ވެސް އިލެކްޝަނުންވަނީ އަންގާފައެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

އެއާއެކު މިހާތަނަށް ދެ ޕާޓީއަކުންވަނީ މެންބަރުން ހަމަކޮށް އީސީއަށް ފޯމުތައް ހުށަހަޅާފައެވެ. އެއީ އެމްއާރްއެމް އާއި އެމްޓީޑީއެވެ. އީސީން ބުނީ އެ ދެ ޕާޓީގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށާއި އެ ދެ ޕާޓީން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރުމާއި ގުޅިގެން އުވާލާ ޕާޓީތަކުގެ ތެރޭގައި އެ ދެ ޕާޓީގެ ނަން މިހާރު ނުހިމެނޭ ކަމަށެވެ.

އީސީން ނޯޓިސް ދިން ދެ ޕާޓީއަކުން މުއްދަތަށް މެންބަރުން ހަމަކޮށްފައިވާއިރު ދެ ޕާޓީއަކުން ފޯމުތައް ހުށަހަޅާފައި ނުވެއެވެ. އެ ޕާޓީތަކުންވަނީ އީސީން ދިން މުއްދަތު އިތުރުކުރުމަށް އެދިފައެވެ. ނަމަވެސް އީސީން މީގެ ކުރިން ބުނެފައިވަނީ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.  

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮވެއެވެ. އެއީ  ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)، ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)، ޢަދާލަތު ޕާޓީ (އޭ.ޕީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް. އެސް.ޑީ.ޕީ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމް. އެން. ޕީ) އެވެ.

Loading

3 Responses

  1. ހަމަ އޯކޭ. ނޯކޭ ވާންޖެހޭ ހިސާބަކީ ރައްޔަތުންގެ ޓެކްސް ފައިސާއިން މިޕާޓީތަކަށް ޚަރަދުކުރާތީ. ގިނަ މީހުން މިހާރު ޕާޓީ ސިސްޓަމާއި ދެކޮޅެވެ. އެއީ އެކަކު އަނެކަކާއި ޖައްސުވާ ފިތުނަ އުފައްދައިގެން ސިޔާސަތް ކުޅޭތީއާއި އެދޭފައިސާއިން ޕާޓީ ހިންގަނީ ކޯލިޝަންއެއް ހަދައިގެން ޕާޓީގެ އިސް މެމެބަރުންނަށް މަތީ މަގާމެއް ހޮދަދޭންވެގެން ކަމަށްވާތީއެވެ. މިނޫން އެއްޗެއް 2008ގެ ފަހުން ރައްޔަތުންނަށް ފެނިފައެއްނެތެވެ. ފަސާ ނެތިއްޔާ ޕާޓީ ނުހިންގާށެވެ. ރައްޔަތުން އަނގަޔާއި އަތާއި ދިމާނުވެ ސަލަމް ޖަހާއިރު ރައްޔަތުންގެ މާލިއްޔަތުން އެންމެ ލޯފޮއްޗެއްވެސް މިވެރީންނަށް ދީގެން ނުވާނެއެވެ. ގާނުނަށް ބަދަލުގެނެސް އެކަން ހުށްޓުވާށެވެ.

  2. ޕާރޓީ ސިސްޓަމާ ދެކޮޅުކަމެއްނޭންގޭތާ..ފޯމު ދިއްކޮށްލާއިރަށް ސޮއިކުރަން އެތިބެނީ ތައްޔާރަށް… ބާރުހުރީ ފޯމުގެ ދަށުން އެ ދިއްކޮށްލާއެތީގައި…

    1. މީހުން ނިކަމެތި ކޮށްލެވުނުވަރަކަށް 200 ރުފިޔާއަށް ފޯމެއް ލިބޭނެ. އަދި މަސްތުގައި ޖެއްސުނުވަރަކަށް ޕީސް އެއް ގަންނަން 100 އޯކޭ. 100 ރުފިޔާދިނީމަ އެގުރޫޕްވެސް ސޮއިކޮށްލާނެއެވެ. ސަޅިދޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް