ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ.
ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.
ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ގޮތެއް ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހު އޮތް ޕީޖީ ގުރޫޕްގެ ބައްދަލުވުމަށްވެސް މެންބަރަކު ހުށަހެޅުއްވި އެވެ. ނަމަވެސް އެ ދުވަހު އެ މައްސަލަ ހުށަހެޅީ އެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައިވާ އެހެނިހެން އައިޓަމްގެ ތެރޭގައި ކަމަށްވެފައި އެ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށްވާތީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރުމަށްނިންމާފައެވެ.
ޕީޖީ އޝަމީމު ވަކިކުރުމަށް މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕާލިމެންޓްރޫ ގްރޫޕުން ނިންމާފައި މިވަނީ ޝަމީމާމެދު ގިނަ ފާޑުކޔުންތަކެއް އެމްޑީޕީ މެންބަރުން ފާޅުގައި ކިއުއްވާފައިވަނިކޮށެވެ. އެގޮތުން އެންމެ ބޮޑު ނުރުހުމެއް އަމާޒުވީ އެމްއެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑުން ދޫވާ މައްސަލައިގައި އެމްޑީޕީ ބައެއް މެންބަރުން ވަނީ ޕީޖީ ޝަމީމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ7 ޑިސެމްބަރު 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 74 މެމްބަރުގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ދިން ރުހުމާއެކުއެވެ.
One Response
މައިގަނޑުގޮތެއްގައި މިއިން އެނގުނީ ދެ ކަމެކެވެ. ފުރަތަމަކަމަކީ މަޖިލީހުން ޕީ. ޖީ. އަށް ރުހުންދިނުމުގައި އިއްތިފާގުވި 74 މެމްބަރުންނަށް އެކަމުގައި ރަނގަޅަށް ހޯމްވޯރކް ހެދިފައި ނެތުމެވެ. ނުވަތަ ހަދަން ނޭގުމެވެ. ދެވަނަ ކަމަކީ ރުހުމުގެ ލޮލަށް އައިބު ނުފެންނަފަދައިން ނުރުހުމުގެ ލޮލަށް އެކައްޗެއްވެސް ނުފެންނަކަމެވެ.