މިއަހަރުގެ ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަން އަށް

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެންދިއުމަށް ދިވެހި ރާއްޖެއަށް ލިބިފައިވާ ކޯޓާ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ރާއްޖެއަށް 453 ކޯޓާ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދީފައިވާކަމަށް އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ފަރާތްތަކަށް ހައްޖުކޯޓާ ދިނުމަށް ވަގުތު ނެތުމުންނާއި ހާލަތަށް ރިއާޔަތްކޮށް ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދީފައިވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.  

“ އެހެންކަމުން 1443 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށަހަޅައި، އިވެލުއޭޓްކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއެކު މިހާރުގެ ހާލަތަށް ރިޔާއަތްކޮށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާ 1443 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަޑައަޅުއްވާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑެވެ. “ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު އޭގެތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލާނެކަމަށެވެ.  އަދި އާންމުންނަށް ހުޅުވައިލާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަދި މި 100 ކޯޓާގެ ތެރެއިން ހައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާންމުކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުކޯޓާ އިތުރު ކުރުމަށް އެ މިނިސްޓްރީން އިތުރަށް މަސައްކަތް ކުރަމުން ދާކަމަށެވެ.




ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށް ދީފައިވަނީ 43،008 ކޯޓާއެވެ..

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެންދިއުމަށް ދިވެހި ރާއްޖެއަށް ލިބިފައިވާ ކޯޓާ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ރާއްޖެއަށް 453 ކޯޓާ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދީފައިވާކަމަށް އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ފަރާތްތަކަށް ހައްޖުކޯޓާ ދިނުމަށް ވަގުތު ނެތުމުންނާއި ހާލަތަށް ރިއާޔަތްކޮށްކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

“ އެހެންކަމުން 1443 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށަހަޅައި، އިވެލުއޭޓްކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއެކު މިހާރުގެ ހާލަތަށް ރިޔާއަތްކޮށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާ 1443 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަޑައަޅުއްވާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑެވެ. “ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު އޭގެތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލާނެކަމަށެވެ.  އަދި އާންމުންނަށް ހުޅުވައިލާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަދި މި 100 ކޯޓާގެ ތެރެއިން ހައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާންމުކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުކޯޓާ އިތުރު ކުރުމަށް އެ މިނިސްޓްރީން އިތުރަށް މަސައްކަތް ކުރަމުން ދާކަމަށެވެ.




Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް