ބަނގުރޫޓުވެފައިވާ ސްރީލަންކާ: ކުރިއަށް އޮތީ އަދި މާނުރައްކާތެރި ހާލަތެއް 

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ އިގުތިސާދީ ހާލަތު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިކަމަށާއި ގައުމުގައި ޕެޓްރޯލް ހުރީ އެންމެ ދުވަހަކަށް ބޭނުންކުރެވޭ ވަރަށް ކަމުގައި ބޮޑު ވަޒީރު ވިކްރަމަ ސިންހާ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލްވިކްރަމަ ސިންހާ ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ މާ ބޮޑަށް ވެސް ދަތި އުނދަގުލާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ލަންކާގެ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުން ދަނީ އެ ގައުމު 1948 ވަނަ އަހަރު މިނިވަންވީ ފަހުން ކުރިމަތިވި އެންމެ ވޭންދެނިވި އިގުތިސާދީ ކާރިސާއާއެވެ.

ހަ ވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންހުންނެވި ރަނިލްގެ ވާހަކަފުޅުގައި ގައުމަށް ބޭނުންވާ ތަކެތި ގަތުމަށް ވަގުތުންވަގުތަށް 75 މިލިއަން ޑޮލަރު ބޭނުންވާކަމުގައި ވިދާޅުވިއެވެ. އަދި ގައުމަށް ކޮންމެ ހެން ބޭނުންވާ ބާވަތްތަކުގެ ތެރެއިން 14 ބާވަތެއް ވަރަށް ބޮޑަށް މަދުވެފައިވާކަމަށާއި އެތަކެތި ކޮންމެހެން ވެސް ހޯދަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މުސާރަ ދިނުމަށާއި ތަކެތި ގަތުމަށް ކޮންމެހެން ބޭނުންވާ ފައިސާ ނެތިގެން ފައިސާ ޗާޕުކުރަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ބޮޑު ދަރަންޏަކާ ކުރިމަތިވެފައިވާ ސްރީލަންކަން އެއާލައިން ޕްރައިވަޓައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތައް އަޅަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

ތެލާއި ކަރަންޓުގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވާނެކަމުގެ އިންޒާރު ދެއްވަމުން ކުރިއަތް އޮތް ބައެއް މަސްތަކުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިދާނެތީގުރުބާނީތަކެއް ވުމަށާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޮޑު ވަޒީރު ރައްޔިތުންނަށް ގޮވާލެއްވިއެވެ. 

ލަންކާ އިން މިހާރު ދަނީ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ މާލީ އިދާރާތަކާއި މުއްސަނދި ގައުމުތަކުގައި ސަލާންޖަހަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް