އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމިއްލަފުޅު ސޯޝަލްމީޑިޔާ ޕްލެޓްފޯމެއް އުފައްދަވައިފި އެވެ. އެމެރިކާގެ އެޕަލް އެޕްސްޓޯރ ގަ ލޯންޗް ކުރި އައު ޕްލެޓްފޯމް ގެ ނަމަކީ ”ޓްރުތު ސޯޝަލް“ އެވެ.މީގައި ޓްވިޓަރ ޔާ އެއްގޮތް ސިފަތަކެއް އެބަހުރި ކަމަށް މިކަންބެލި ފަރާތްތަކުން ބުނެފައިވެއެވެ.
ރައީސް ޓްރަމްޕް މިދިޔަ އަހަރުވަނީ ޓްވިޓަރ،ފޭސް ބުކް،އަދި ޔޫޓިއުބް އިން ބޭރު ކޮށްފައެވެ.
އައު ޕްލެޓްފޯމްގަ ރެޖިސްޓަރވާން އެދޭ ގިނަބަޔަކަށް އަދިވެސް އެކަން ކުރުމުގަ ދަތި ތަކެއް އުޅޭ ކަމަށް ޚަބަރު ލިބެއެވެ. ސަބަބެއެއް ކަމަށް ވަނީ ވަނުމަށް ނުވަތަ ޑައުންލޯޑް ކުރަން އެދޭ މީހުންގެ އަދަދު ގިނަ ވުމެވެ. ޕްރޮޖެކްޓް ހެޑް،ކުރީގެ ކޮންގްރެސްމަން ޑެވިން ނިއުނަސް ވިދާޅުވީ މާރޗް މަސް ނިމޭހާތާ އާ ޕްލެޓްފޯމް އެއްކޮން އޮޕަރެޝަނަލް ވާނެ ކަމުގައެވެ.
މިދިޔަ ހަފްތާގަ ޑޮނަލްޑްޓްރަމްޕްގެ ދަރިކަލުން ޑަނަލްޑް ޓްރަމްޕް ޖޫނިއަރ ވަނީ ބައްޕާފުޅު އައު ޕްލެޓްފޯމްގައި ކުރެއްވި ޓްވީޓް، ސޯޝަލް މީޑިޔާގައި ހިއްސާ ކުރައްވާފައެވެ. އޭގައި ޓްރަމްޕް ލިއުއްވާފައިވަނީ ”ތިޔަ ރައްޔިތުންގެ އެންމެ މަގްބޫލު ރައީސް ދާދި އަވަހަށް ރައްޔިތުންނާ ބައްދަލް ކުރާނެއެވެ“ މިހެންނެވެ.އަދި މިކަމަށް ރައްޔިތުން ތައްޔާރުވުމަށް އެދިވަޑައިގެންފައި ވެއެވެ.
ޓްރަމްޕް ޓްވިޓަރ އިން ބޭރު ކުރެވުނީ 6ޖެނުއަރީ 2021 ގައި ޔޫއެސްގެ މަޖިލީސް ކުރާ ގެޔަށް ހަތިޔާރު އެޅި ބަޔަކު ވަން ހާދިސާ އަށް ސަޕޯޓް ކުރައްވާ ޓްވީޓް ކުރެއްވުމުންނެވެ.އެހެނީ ހަރުކަށި އަމަލް ތަކަށް ހިއްވަރު ދިނުމަކީ ޓްވިޓަރ ގެ އުސޫލުތަކާ ޚިލާފް ކަމަކަށް ވާތީ އެވެ.
One Response
ޓުރަމްޕްގެ ހެއަަރ ސްޓައިލް ވަރަށް ސަޅި.