ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 4.263 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސްއިން އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު ހުއްޓުވާ ލަގެޖް ފާސްކުރިއިރު ލަގެޖްގެ ތެރެއިން ފެނިގެންކަމަށެވެ.
އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްތަމްއިން ބުނެއެވެ.
ކަސްޓަމްއިން އބުނީ މި މީހުންގެ ތެރެއިން21 އަހަރުގެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.760 ކިލޯ ގްރާމް ހުރި ކަމަށާ 23 އަހަރުގެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.503 ކިލޯ ހުރިކަމަށެވެ.
މި ތަކެތީގެ މަގުމަތީ އަގު 21،315،000 އަށް އަރާ ކަމަށްވެސް ކަސްޓަމްއިން މައުލޫމާތު ދެއެވެ.