ފާރުތަކުގައި ގްރެފިޓީތައް އަލުން ކުރުހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މާލޭގެ އެކި މަގުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ.
ގިނަ ސަރަހައްދުގައި ހުރި ގްރެފިޓީތައް ފޮހުނުތާ މަދު އިރުކޮޅެއެްގެ ތެރޭގައި އަނެއްކާ ވެސް ފުލުހުންނަށް ހުތުރުބަސް ލިޔެ އެސަރަހައްދުގައި ވަނީ ގްރެފިޓީތައް ކުރަހަން ފަށާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، ފޮހެލާފައިވާ ގްރެފިޓީތައް އަލުން ކުރަހާފައިވާކަން ފުލުހުން ފާހަގަ ކޮށްފައިވާ ކަމަށާއި އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފުލުހުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
”ފުލުހުންގެ ޖަވާބަކީ އެކަން ކުރާ ފަރާތްތަކުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް“ ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިިދާޅުވީ ސިޓީ ކައުންސިލުން އަނެއްކާ ވެސް އެތަންތަން ސާފު ކުރާނެ ކަމަށެވެ. ނަމަވެސް ދާއިމީ ހައްލެއް ހޯދައިދޭނެކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.