ނަރެންދުރަ މޯދީގެ ބީޖޭޕީ ރޫޅެނީތަ؟

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ސިޔާސީ ހަރަކާތުގައި މުހިންމު ސްޓޭޓް އެއްކަމަށްވާ އުއްތަރު ޕްރަދޭޝްގައި ބާއްވަން ތައްޔާރުވެފައިވާ މުހިންމު އިންތިޚާބެއްގެ ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ މައި ޕާޓީ ބަރާތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީން ތިން މިނިސްޓަރުން ހިމެނޭ ގޮތުން މުހިންމު އަށް މެމްބަރުން ޕާޓީ ދޫކޮށްލައްވައިފިއެވެ. މި އަށް މެމްބަރުން ނަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ.

ބީޖޭޕީ ދޫކުރެއްވި ގިނަ މެމްބަރުން މިހާރު ވަނީ އިދިކޮޅު މައި ޕާޓީ ސަމާޖްވާދީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ބީޖޭޕީން ވަކިވެވަޑައިގެންނެވި އެންމެ މުހިންމު އެއްބޭފުޅަކީ ސްވާމީ ޕްރަސާދު މޯރިޔާއެވެ. ގާނޫނު ހަދާ މަޖިލީހަށް ފަސްފަހަރު ހޮވިވަޑައިގެންފައިވާ ތަޖްރިބާކާރު މޯރިޔާ ވިދާޅުވާ ގޮތުގައި އޭނާ އެޕާޓީ ދޫކޮށްލެއްވުމަކީ ޕާޓީ އަށް ޒަލްޒަލާއެއް އަންނާނެ ފަދަ ކަމެކެވެ.

މުހިންމު އިންތިޚާބްތަކާ ދިމާކޮށް ޕާޓީން ޓިކެޓް ނުލިބިއްޖެ ނަމަ އިސްފަރާތްތަކުން ޕާޓީ ދޫކޮށް ދިއުމަކީ އިންޑިއާގައި ވެސް އާންމުކޮން ހިނގާކަމެކެވެ.

ބޮޑު ވަޒީރު މޯދީ ގެންގުޅުއްވާ ސިޔާސަތާއި ބީޖޭޕީގެ ހަރުކަށި ބައެއް ބޭފުޅުން ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން މޯދީގެ ސަރުކާރުގެ މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. އަދި އެތައް ބަޔަކު ދަނީ ޕާޓީއާ ފެއަށް ޖެހެމުންނެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް