ކަމަދޫ ވަޙީދުގެ ކުށަކީ ކޮބައި ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ދުވަސްވަރަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރެވެ. މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސް ވަރެވެ.

އެންދެރިމާގޭ އިލްޔާސް އިބްރާހީމް ރިޔާސީ އިންތިޚާބަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދެވިއެވެ. އެގޮތުގެ މަތިން އިލްޔާސް އިބްރާހީމް ބޭއްވި ބައްދަލު ވުމެއްގައި ބައިވެރި ވީމެވެ. މިބައްދަލު ވުމަކީ ކެމްޕޭން ބައްދަލު ވުމެކެވެ. އެހެންކަމުން އިލްޔާސަށް ކެމްޕޭން ކޮށްދޭން ވެސް ނުކުތީމެވެ. ކޮންމެއަކަސް މި މަސައްކަތުގައި އުޅެނިކޮށް ރައީސް މައުމޫނުގެ ރާގާއި ސޫރަ ބަދަލުވެއްޖެއެވެ. އޮޅުވާލައިގެން، ރައްޔިތުންގެ މަޖިލީހު

ގެ މެންބަރުންލައްވާ ސިޓީތަކެއް ލިޔެގެން ރައްޔިތުން ބޭނުންވަނީ ތިންވަނަ ދައުރަކަށް ވެސް މައުމޫނު ކުރިމަތި ލުމަށްކަން ހާމަ ކޮށްފިއެވެ. އެހިސާބުން އިލްޔާސްއާ އެމަނިކުފާނުގެ ސަޕޯޓަރުންނަކީ ބަޣާވާތެއް ކުރަން އުޅޭ ބަޔަކަށް ވެއްޖެއެވެ.

ކުރިއަށް އޮތް ދައުރަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވުމަށް ރައީސް މައުމޫނުގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސް ވުމާއެކު އިލްޔާސަށް ކުރިމަތި ލުމުގެ ފުރުޞަތު ގެއްލިއްޖެއެވެ. އެހިސާބުން އަނެއްކާ ވެސް މަސައްކަތް ކުރެއްވީ މައުމޫނަށް ވޯޓް ހޯދައި ދިނުމަށެވެ. އެހެނަސް ބައެއް މީހުން މައުމޫނަށް ވޯޓުދޭން ގަބޫލެއް ނުވިއެވެ. ބޭނުމެއް ނުވިއެވެ.

ކޮންމެއަކަސް ރިޔާސީ އިންތިޚާބުގެ ވޯޓްލާ ދުވަސް ފެށިގެންދިޔައެވެ. ކަމަދޫ ވޯޓު ފޮށި ކައިރީގައި އިންނަން ޖެހުނީ ކަމަދޫ ވަޙީދު އެވެ. ވޯޓް ލައި ނިމިގެން އެހެން ފަހަރު ތަކުގައި ވޯޓް ފޮށި ހުޅުވައި ރަސްގެ ލާފައި ހުރި ވޯޓްތައް ނަގައި އޭގެ ބަދަލުގައި ހެޔޮ ފާހަގައަށް ވޯޓް ބަދަލު ކުރުމުގެ ސިލްސިލާ ކަމަދޫން ނިންމައިލިއެވެ. ކަމަދޫ ވޯޓު ފޮށީގައި ނުފެންނަ ފާހަގަ ވަރަށް ގިނައެވެ. ވޯޓު ފޮށި މާލެ ގެނައެވެ.

އެޓޮލްސް މިނިސްޓަރ ޢަބުދު  ޙަމީދު ކުރެއްވި ސުވާލަކީ ރަނގަޅު ވާނެ ހެއްޔެވެ؟ ޖަވާބު ގައި ވަޙީދު އާދޭހޭ ދެންނެވިއެވެ. އެހެނަސް ރަނގަޅު ނުވާނެކަން ވަޙީދަށް އެނގެއެވެ.

ވޯޓްފޮށި ޙަވާލުކުރިތާ ގިނަ އިރުތަކެއް ނުވަނީސް ސިފައިންގެ 4 މީހުން އައިސް ވަޙީދުގެ ދެއަތުގައި އެޅުވީ ބިޑިއެވެ. ބިޑި އެޅުވުމަށްފަހު ސިފައިން ގެއަށް ގެންގޮސް، އެއްދުވަސް ވާދެން އަނބު ގަސްދަށުގައި ބޭންދުމަށްފަހު އަނެއްދުވަހު ގެންދިޔައީ ދޫނިދޫ އަށެވެ. ތަހުގީގަށް ގެންނަނީ މާލެއަށެވެ. ތަހުގީގު ކުރަނީ ވ ޅަހުއްތުއެވެ.

ވ ޅަހުއްތުއަކީ ވަޙީދުގެ އެއްއަތް ފަދަ ގާތް ރަހުމަތް ތެރިއެކެވެ. އެހެން ކަމުން ލުއި ގޮތަކަށް ނިމިގެންދާނެ ކަމަށް ވަޙީދު އުންމީދު ކުރިއެވެ. އެހެނަސް އިރުކޮޅެއްގެ ތެރޭގައި ހަތަރެސްފައިގައި ޗޭނު ޖެހިއެވެ.

ވަޙީދު ބުންޏެވެ. ”ހުރިހާ ކަމަކަށް ވެސް އެއްބަސްވާނަމެވެ. ބޭނުން އެއްޗެއް ލިއެފައި ސޮއިކުރަން ދޭށެވެ.“

ވަޙީދު މިހެން ދެންނެވުމުން ބަޔާން ލިޔެ ސޮއި ކުރުވިއެވެ. ލިއުނީ ކީކޭ ތޯވެސް ނުބަލައި ވަޙީދު އޭގައި ސޮއި ކުރިއެވެ.

ސޮއި ކުރުމާއެކު ފުލުސް ކޯޓަށް ޙާޒިރު ކޮށް އެއް އަހަރަށް އަރުވާލުމަށާއި 500 ރުފިޔާއިން ޖޫރުމާނާ ކުރަން ހުކުމް ކޮށް ގޭގައި ބަންދު ކުރިއެވެ.

ގޭބަންދުގައި ހުރެގެން ރައީސް މައުމޫނުގެ އަނބި ކަނބަލުން ނަސްރީނާގެ އަރިހަށް ވަހީދުގެ އަނބިމީހާ ފޮނުވިއެވެ.

ނަސްރީނާއަށް މި ވެގެން އުޅޭ ގޮތް ދެންނެވުމުން ވިދާޅުވީ ސިޓީއެއް ލިއުމަށެވެ.

ސިޓީއެއް ލިޔެ އެކަމަނާގެ އަތްޕުޅަތް އެރުވިއެވެ.

ނަސްރީނާ ޖަވާބުގައި ވިދާޅުވީ އިރާދަ ކުރެވިއްޔާ 3 ދުވަހުގެ ތެރޭގައި ސަލާމަތް ކޮށްދޭނެ ކަމަށެވެ.

ދުވަސްވަރަކީ އެންދެރިމާގޭ އިލްޔާސް އިބުރާހީމް ގާނޫނުތަކާ އެއްގޮތަށް ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ކެމްޕެއިން ކުރައްވާފައިވާތީ އެއީ ބަޣާވާތެއް ކުރުމުގެ ޢަމަލެއް ކަމަށް ފުލުސްކޯޓުން ނިންމައި އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން މުޅި މުޖުތަމަޢު ފަސާދައިގެ ތެރޭގައި އޮތް ދުވަސް ވަރެކެވެ. ކަންމިހެން ހުރުމާއެކު އެންދެރި މާގޭ މުޅިޢާއިލާގެ ތެރޭގައިވަނީ މޮޅިވެރި ކަމާއި ނުތަނަވަސް ކަމެވެ. އިލްޔާސް އިބްރާހީމްގެ އެއްބަނޑު އެއްބަފާ ނަސްރީނާ އާއި ފަރީޝާއާއި މައުމޫނުގެ މައިދައިތަ ހިތާމަކުރައްވައި ކީރިތިކުރައްވަމުން ގެންދިޔައީ އެންދެރިމާގޭގެ އެންމެ ފުނުންނެވެ.

އިލްޔާސް ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވީ ރައީސް މައުމޫނު ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައި ވާތީއެވެ. އެހެން ނޫނަސް ވެރިކަމަށް އައުމަށްޓަކައި މަޖިލީހުގެ ރުހުމާ ރައްޔިތުންގެ ރުހުން ހޯދުމަކީ ކެންޑިޑޭޓު ކުރަން ޖެހޭކަމެކެވެ. ގާނޫނީ ކުށެއް ވެސް ނުމެނޫންމެއެވެ.

ކޮންމެއަކަސް ވަޙީދު އަރުވާލުމަށް ޓަކައި ގެންގޮސް އޮޑިއަށް ލައިފިއެވެ. އޮޑިއަށް ލަމުން ދޯނީގެ ކައްޕި ގާތުގައި ސިފައިންގެ މީހާ ބުންޏެވެ.

”މީނައާ ދޯނީގެ އެއްވެސް މީހަކު ވާހަކަ ދައްކައިގެން ނުވާނެއެވެ.“

ދޯނި އެއްވެސް ރަށަކަށް ނުގޮސް ސީދާ ދާން ވާނީ ވަޙީދު އަރުވާލަން ހަމަޖެހިފައިވާ ރަށަށް ކަމަށް ވެސް ބުންޏެވެ. ކޮންމެއަކަސް ދެވޭނުދެވޭ ތަނެއް ނޭނގޭ ހާލުގައި ނުހަނު މާޔޫސް ވެފައި އިންދާ ދޯނި ރަށަކަށް ލަފައި ފިއެވެ. ދޯނިން ބާލައިގެން ގެންދިޔައީ ރަށުއޮފީހަށެވެ.

ކަތީބު ވިދާޅުވިއެވެ. ”މީ ލ. އަތޮޅު ދަނބިދޫ އެވެ. ވަޙީދު އަކީ މިރަށަށް އަރުވާލެވިފައިވާ މީހެކެވެ.“

އެއައްފަހު އަރުވާލާމީހުން ރަށުގައި އުޅެންވީގޮތް ކިޔައިދިނުމަށްފަހު ކަތީބު ވިދާޅުވީ އުޅޭނެ ތަނެއް ހޯދަން ދާށެވެ.

ކަމަދޫގެ އެންމެ ފޯރުންތެރި މީހަކީ ވަޙީދު ކަމަށް ވުމުން، މުޅި ކަމަދޫ އޮތީ ވަޙީދުގެ ބާރުގެ ދަށުގައެވެ. އަދި ހަމަ އެހެންމެ ވަޙީދަކީ މުޅި ބ. އަތޮޅަށް ފަރިތަ ރަޙުމަތް ތެރިން ގިނަ އަދި ބ. އަތޮޅުގައި ބަސްވިކޭ ހަރުދަނާ ޝަޚްޞެއް ވެސް މެއެވެ. އެހެން ކަމާއެކު ސިޔާސީ ވެރީން ބ. އަތޮޅުގައި ކެންޕޭނެއް ކުރާނަމަ ކަމަދޫ ވަޙީދު ބައިވެރި ކުރެއެވެ. ވަޙީދަކީ ހިތްހެޔޮ ހެޔޮލަފާ މަޑުމައިތިރި، އަދި ގިނަ ބައެއްގެ ރުހުން ލިބިފައިވާ މީހެކެވެ.

ދަނބިދޫ ރަށުއޮފީހުން ނުކުމެގެން ހިނގަމުން ގޮސް ގެއެއްގެ ކައިރީގައި ހުރި ޖޯލިފައްޗެއް ފެނިގެން އެޖޯލި ފަތީގައި ވަޙީދު ޖައްސާލިއެވެ.

ނުނިމޭ…….

 

 

Loading

7 Responses

    1. ފަހަލަ އަށް އޮޅޭނީ. ލ. ދަނބިދޫ – ބުނެދެއްވުމަކީ ދެމީހުނަށްވެސް ލިބޭ ކުރިއެރުމެއް.

  1. ރައީސް މައުމޫނު އޭނާގެ އުމުރަށް ވެރިކަމުގައި ބަގުޑިލވެގެން މީހުނަށް ލާއިންސާނީ އަނިޔާދީ އެ ބަގުޑިލީ ލުމަކީ މި މުސީބާތް މެދުވެރިވި މައިގަނޑު ސަބަބެވެ. ދެން އެ ރުޅިވެރިކަމުގައި މީހުންގަނޑު ބަދަލަކަށް އެދި ހިފިހިފުން ކާމިޔާބުވި ނަމަވެސް އެބަދަލުގައި ވެރިކަމަށް އިސްކުރެވުނީ ބައްޕަގެ ވަޑާންގެވެސް ނުހިންގުނު މަގުމަތީ ސަކަރާތުގެ މޭސްތިރިއަށް ކަމަށްވުމުން އެބަދަލުން ދިވެހިންނަށް މިވަނީ މުސީބާތެއް ކުރިމަތިވެފައެވެ.
    ދެން އަބަދު ބަދަލަކަށް ވޯޓްލަނީ އެވެ. ހައްތާވެސް މަކަރާ ޙީލަތުގެ ވެރިން އެބަދަލުގެ ތެރައަށް ދެމިގަނެ ނަފާނަގަން ޖައްސާ ދައުލަތް ބަނގުރޫޓް ކޮށްލަނީއެވެ. އަމިއްލަ އެދުމާއިހެދި ދޮގާއި މަކަރުން ރައްޔަތުންގެ ބޯކާލަނީއެވެ.
    2023ގައި ހޭއަރައި ރައްޔަތުންގެ އޮޑި (މި ދައުލަތް) ހިންގޭފަދަ ތަޖުރިބާހުރި މީހަކާ ޙަވާލުކުރަންވީއެވެ. ގޮތްބަލަން ދޮގުތަކަށް ހެއްލި ވޯޓް ނުދޭންވީއެވެ. އަދި ވޯޓް ނުވިއްކަންވީއެވެ. އެނޫނީ ދެން އިންޑިއާގެ އަޅުވެތިކަމަށް ގައުމުގޮސް މަލިކަށް ސްކިމް އަށް ވީހެން މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދިޔައީއެވެ. ވިސްނާށެ މަގޭ ގައުމު!!

    1. ވަރަށް ބޮޑު ތެދެއް. ދެރައީ އަހަރެމެން ވޯޓް ވިއްކާތީއެވެ. މިފަހަރު އިންޑިއާއިން 1 ބިލިއަން ޑޮލަރު ދީގެންވެސް އެމީހުނަށް މިލިބުނު ޗާންސް ދުލެއްނުކުރާނެއެވެ. ވީމާ ރައްޔަތުން ހޭއަރާ ތިބި ދޭ ރިޝްވަތުވެސް ލިބޭ އެންމެ ގިނައިން ނަގާފަ ވޯޓް ނުދޭށެވެ. އެއީ މިވެރިން ވެރިކަމަށް އަންނަން ހެދި ދޮގުތަކުގެ ބަދަލުގައެވެ. އޭރުން ގައުމުން އިންޑިއާ މިލިޓަރީ ބޭލި އަލުން ކޮންމެވެސް ރަނގަޅުގޮތްތަކެއް ވާނެއެވެ.

  2. ކަމަދޫ ވަޙީދު، ނައިފަރު ދޮޮހޮއްކޮބެ، ޝޭއިޚު އިބުރާހިމް މުޙައަމަދު، ވައިޓް ޝާކު ކުރޫޕް، ވިންޓަރ ޝަރީފު. މަޖީދު ޝަމީމުމެންގެ ގުރޫޕް އެންމެން. ނަޒާކީ ޒަކީ މެން ސަންދާނު ގުރޫޕް. އިއްލަބެ، އީވާން ނަސީމު ދެން މިހެންގޮސް މީނާގެ އަނިޔާވެރިކަން ނުފޯރާ ޢާއިލާއެއް ފަހަކަށް އައިސް މަދުވީއެވެ. އެހެންވެ ރައްޔަތުން ރަތަށް ގޮސް ގެނާ ބަދަލު އަންނިބެ ކާލައި މައުމޫނަށްވުރެވެސް ދުނިޔޭގެ ލައްޒަތާއި ޢިއްޒަތްބޭނުންވުމުން މި ގައުމު އިތުރަށް ހަލާކުވީއެވެ. ދެރައީ މައުމޫނުގެ ހުރިހާ ޖައްލާދުންތަކެއް ލާރި ހަދައިގެން ހަމަ އުފަލުގައި އުޅޭތީއެވެ. އޭރު ސިފައިންގެ އެންމެ ބޮޑެތި ގިނަ މީހުންނަކީ މީނާގެ ޖައްލާދުންނެވެ. ވަރަށް އަނިޔާވެރި ނުލަފާ ޖައްބާރު ބައެކެވެ.

  3. މި ވާހަކަވެސް ދެން ހަމަ ޤަބޫލުކޮށްގެން ތިބެންވީ؟ މި ވާހަކަ ލިޔުނު މީހާގެ ފަތިފުށް ބަލާލަނިކޮށް އެނގޭނެ ހަސަދައެއްގެ އަލިފާންގަނޑެއްގެ ތެރެއިން އުފަންކޮށްފައި އޮތްވާހަކައެއްކަން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް