އަވަށްޓެރި އިންޑިއާގައި ބުދުދީނުގެ އަޅުކަމުގެ ދުވަހެއް ފާހަކަ ކުރުމަށް ސައިކަލުގައި ބަޑި ބޭސް ހިފައިގެން ދަނިކޮށް އެ ގޮވައި ދެބަފައިން މަރުވެއްޖެއެވެ.
ނޫސް ރިޕޯޓްތައް ބުނާގޮތުގައި ބުރާސްފަތި ދުވަހު ޓަމިލް ނަޑޫގައި މި ހާދިސާ ހިނގީ އާއިލާގެ އެންމެން އެކީ އަޅުކަމުގެ ދުވަހެއް ފާހަގަކުރަން ބަޑިބޭސް ހިފައިގެން ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ.
މިހާދިސާގައި މަރުވީ ހަތް އަހަރުގެ ފިރިހެން ކުއްޖަކާއި އެކުއްޖާގެ ބައްޕައެވެ. ބަޑިބޭސް ގޮވުމާއެކު އެ ދެބަފައިން ވަގުތުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަދި އެމީހުން ހަށިގަނޑު ކުދި ކުދިވެ ބުރައިގެން ގޮސްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައ ބުނެއެވެ.
އަދި މީގެ އިތުރުން މަގުމަތީގައި އެވަގުތު ސައިކަލުން ދިޔަ ދެ މީހަކަސް ވެސް އަނިޔާވެފައިވާ ކަމަށް ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހިނގި މިހާދިސާ ހިނގީ ބަނޑިބޭހަށް ބޮޑަށް ހޫނުވެގެން ކަމަށް ލަފާލުރެވެއެވެ.
ހާއްސަ ދުވަސް ތަކާ ގުޅިގެން ބަޑިބޭހުގެ ކުޅިވަރުތައް އިންޑިއާގައި ކުޅުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މި ދުވަސްތަކުގައި ނުރައްކާތެރި ގިނަ ހާދިސާތައްވެސް ދިމާވެއެވެ.