މޫސުމަށް ސަމާލުވޭ! ލަންކާ ކައިރީ އޮތް ކޮޅިގަނޑަކާ ގުޅިގެން މޫސުމް ގޯސްވާނެ

Loading

Facebook
Twitter
WhatsApp

 

އަވަށްޓެރި ސްރީލަންކާ ކައިރީ އުފެދިފައި އޮތް ކޮޅިގަނޑަކާ ގުޅިގެން ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔައި ގަދަވުމާއެކު ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެއިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެފެ.

ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން އެ އިދާރާއިން ވަނީ ހާއްސަކޮށް ކަނޑުދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް