ލ. ގަމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައި ފުލުހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ މިހާދިސާގައި އަނިޔާވެފައިވަނީ ކާރު ދުއްވަން އިން ފުލުސް މީހާ އަށް ކަމަށާ ކާރު އެކްސިޑެންޓް ވިރު އޭނާ ފިޔަވައި އިތުރު މީހަކު ކާރުގައި ނެތް ކަމަށެވެ.
އެކްސިޑެންޓުގައި ފުލުސް މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ހާދިސާގައި އަނިޔާވި ފުލުހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ފުލުހުންގެ ކާރު އޮތީ މަގުގެ އެއްފަރާތުން ގަސްތަކުގެ ތެރޭގައި ފުށުން ޖެހިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ގަމުން ގަމާއި ފޮނަދޫއާ ދެމެދުން ނެވެ.
ފުލުހުން ބުނީ އެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.