ރެސްޓޯރެންޓެއްގެ ކައުންޓަރުމަތީ އޮތް ފޯނެއް ވަގަށްނެގިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަން އެ މީހާގެ ވީޑިއޯ ފުލުހުން އާންމު ކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިއޯގައި ފެންނަނީ ގަދަ ނޫކުލައިގެ ގަމީހަކާއި އެކުލައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ކައުންޓަރެއްގެ މަތީގައި އޮތް ފޯނެއް ނަގައިގެން ދާ މަންޒަރެވެ.
https://www.youtube.com/watch?v=RqBt4v8Qag
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން ދާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގަށް އެ މީހާ ހޯދަން ބޭނުންވެ، އެ އިދާރާއިން މިހާތަނަށް ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެ މީހާ ނުހޯދިފައިވާ ކަމަށެވެ.
ވީމާ މިމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 499492 ބުނުމަށްފަހު އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުންއެދެއެވެ.