ކުށްކުރާކަމަށް ޝައްކު ކުރެވޭ މީހަކާ ގުޅުން ބަދަހި ކުރެވުމަކީ ގޯހެއް ކަމަށް ބިލް ގޭޓްސް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ތުހުމަތު ކުރެވޭ މަޝްހޫރު ވިޔަފާރިވެރިޔާ ޖެފްރީ އެޕްސްޓެއިން އާ ގުޅުން ބަދަހި ކުރެވުމީ ހެދުނު ބޮޑު ގޯހެއް ކަމުގައި މައިކްރޯ ސޮފްޓުގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ. ބިލް ގޭޓްސް މިހެން ވިދާޅުވެފައި ވަނީ މިދިޔަ ބުދަ ދުވަހު ސީ.އެން.އެންއަށް ދެއްވި އިންޓަވިއު އެއްގައެވެ.

ސީ.އެން.އެންގެ އެންޑާސަން ކޫޕާއާ ވާހަކަ ދައްކަވަމުން ބިލް ގޭޓްސް ވިދާޅުވީ އޭނާ އެޕްސްޓެއިންއާ ބައްދަލު ކުރެއްވީ ދުނިޔެއަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އުންމީދުގައެވެ.

ނިއުޔޯކުގެ ފެޑެރަލް ޕްރޮސެކިއުޓަރުން 2019 ވަނަ އަހަރުގެ ޖުލައި މަހު ނެރުނު ބަޔާނެއްގައި ވާގޮތުން އޭނާއަށް ވަނީ ސެކްސް ޓްރެފިކިން ރިންގެއް އޮޕަރޭޓުކޮށް ގިނަ ކުދިންތަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައެވެ.

ކުރިން ވެސް އޭނާ ވަނީ 13 މަސްދުވަސް ޖަލުގައި ހޭދަކޮށްފައެވެ. އޭނާއަކީ ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިވެސް ހިންގި މީހެކެވެ.

ނިއުޔޯކުގެ ޖަލުގޮޅިއެއްގައި މަރުވެފައި އޮތްވާ އެޕްސްޓެއިން ފެނިފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ. ނިއުޔޯކް ސިޓީ އޮފީހުގެ ޗީފް މެޑިކަލް އެގްޒަމިނަރ ވިދާޅުވި ގޮތުގައި އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ. އޭނާއާ ބަދަހި ގުޅުމެއް ބޭއްވުމުގެ ސަބަބުން ބިލް ގޭޓްސް ވަރަށް ބޮޑަށް ބަދުނާމުވެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް