ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ފުލުހުންގެ ހައްޔަރުގައި މިހާރުހުރީ ބޮންގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާއެވެ. އޭނާއާއެކު ހުރި ދެވަނަ މީހާ ދޫކޮށްލީ މިވަގުތު ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ފުލުހުން ބުނެއެވެ.
މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނު ބާއި ގުޅިގެން އެ ދެ މީހުން ހައްޔަރުކުރީ އިއްޔެގައެވެ.
އެމީހުންގެ އަތުގައި އޭރު ހުރީ ދަބަހަކާއި ދެ ކޮތަޅެއްގެ އިތުރުން ކަރުދާސް ފޮއްޓެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.