ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޓެކްސް ފައިސާ ދައްކަން ޖެހޭ ސުންގަޑި އަނެއްކާ ވެސް ފަސް ކޮށްދީފި އެވެ.
މީރާއިން ބުނީ މިހާރު ސުންގަނޑީގެ ގޮތުގައި ކަނޑައަޅާފައި ވާނީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަދުވަސްކަމަށެވެ.
މީގެ ކުރިންވެސް މީރާއިން ވަނީ ޓެކްސް ދައްކަންޖެހޭ ސުންގަޑި ފަސްކޮށްފައެވެ. ކުރިން ހަމަޖައްސާފައި އޮތްގޮތުން ޓެކްސް ދައްކަންޖެހޭ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހެވެ.
މީގެ އިތުރުން މި އަހަރަށް ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ވެސް މީރާ އިން ވަނީ ފަސްކޮށްދީފަ އެވެ. އެ ފައިސާ ދެއްކޭނެ ސުންގަޑި އަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސްކަމުގައި މީރާއިން ވަނީ ހަމަޖައްސާފައެވެ.