އިންޑިއާގައި މިސްކިތެއް ވަގުތީ ގޮތުން ހޮސްޕިޓަލަކަށް ބަދަލުކޮށްފި

Loading

Facebook
Twitter
WhatsApp

ބަލި މީހުންނަށް ފަރުވާ ދޭން ނުކުޅަދާނަވާ ވަރަށް އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރި ބަލި މީހުން އެނދުމަތިކޮށްފައި ބައިތިއްބާނެ ތަނެއް ނެތި ފަރުވާދޭނެ މަގު ބަންދުވުމުން އިންޑިއާގެ މުސްލިމުން މިސްކިތެއް ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.

އިންޑިއާގެ ހައްދު ފަހަނަޅާފައިވާ ހިންދޫން މުސްލިމުންނަށް އިންތިހާއަށް އަނިޔާކޮށް ދުއްތުރާކޮށް ހެދިކަމަށްވިޔަސް ކޮރޯނާ ވައިރަހުން ގައުމުގެ ސިއްހީ ހާލަތު ފުނޑުފުނޑުކޮށްލުމުން މުސްލިމުން ވަނީ އިންސާނިއްޔަތުކަން ކުރިއަށް ނެރެ، ވަކި މަޒުހަބެއް ދީނަކަށް ބެލުމެއްނެތި އެހީތެރިކަމާއި އޯގާތެރިކަން ކުރިއަށް ނެރެފައެވެ.

ގުޖުރާތުގެ މިސްކިތެއް މިހާރު ވަނީ ބަލި މީހުން ބޭތިއްބުމަށް 50 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. ހާލު ދެރަ ބަލިމީހުންނަށް ބޭނުންވާ އޮކްސިޖަނާއި އެނދާއި އެހެނިހެން ތަކެތި ވެސް ހޯދައިދީފައި ވަނީ މިސްކިތުގެ ކަންތައް ބަލަހައްޓާ މުސްލިމުންނެވެ.

މިސްކިތުގެ ކަންތައް ބަލަހައްޓާ ޖަމާއަތުން ބުނި ގޮތުގައި އެސަރަހައްދުގައި ކޮރޯނާގެ ހާލަތު ރަނގަޅު ނުވެ އެއްދުވަހުން އަނެއްދުވަހަށް ދަނީ ގޯސްވަމުންނެވެ. އަދި ހޮސްޕިޓަލުތަކުން ބަލި މީހުންނަށް އޮށޯވެލަނެ އެނދެއް ނުލިބެއެވެ. އެމީހުން ބުނިގޮތުގައި މިސްކިތް ވަގުތީ ގޮތުން ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހުނީ އިންސާނިއްޔަތަށް ޓަކައެވެ.

އަނެއްކޮޅުން ކޮރޯނާ ވައިރސް ޖެހޭ ބަލި މީހުންނަށް ޚާއްޞަކޮށްގެން 142 އެނދުގެ ހޮސްޕިޓަލެއް މުސްލިމް މުޖުތަމިއުން ދޭވުބަންދުގައި ވެސް ވަނީ ތައްޔާރުކޮށްދީފައެވެ. އަދި އެތަނުގައި މަސައްކަތް ކުރަން 20 ނަރުހުންނާއި ތިން ޑޮކްޓަރުން ވެސް ވަނީ ހޯދައިދީފައެވެ.

މިސްކިތު ކޮމިޓީގެ އިސް ބޭފުޅަކު ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށް ބޭސް ފަރުވާ ކުރަން އެއްހާސް އެނދުގެ ހޮސްޕިޓަލެއް ވެސް އަޅައިދެވިދާނެއެވެ.

އިންޑިއާގައި ނުރައްކާތެރި ދަރަޖައަކަށް ކޮރޯނާ ވައިރަސް ފެތުރި ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަނާއި ބޭހާއި ވެކްސިން އިންޑިއާއިން ލިބެން ނެތުމުން ދުނިޔޭގެ 15 ގައުމަކުން އިންޑިއާއަށް ކަމާގުޅޭތަކެތި ދޭން ކަނޑައަޅައި އެހީގެ ތަކެތި މިހާރު ވަނީ ފޮނުވަން ފަށާފައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް