މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް ޗޮއިސެއް ނޫން: އީވާ

Loading

Facebook
Twitter
WhatsApp

ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޗޮއިސެއް ނޫން ކަމަށް އެމްޑީޕީ ރައީސް ނަޝީދުގެ ދެބެއިންދެދަރި ކޮށްކޯފުޅު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ”ރަށްވެހިފަތިސް“ ކެމްޕެއިންގެ ތެރެއިން މިއަދު ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޑރ. މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.

އީވާ ވިދާޅުވީ އެކަމަނާގެ އެމްޑީޕީގައި ޝަކުވާތައް އަބަދުވެސް ހުންނާނެ ކަމަށާއި އެގޮތުން އެޕާޓީ އަކީ އެކަކު އަނެކަކަށް ޝަކުވާކޮށްގެން އަދި ފިސާރި ޒުވާބުކޮށްގެން ކުރިއަރަމުންދާ ޕާޓީއެއް ކަމަށެވެ. އެއީ އެމްޑީޕީގެ ޒާތުގައިވެސް ހުންނަ ގޮތެއްކަމަށާއި ނަމަވެސް އެކަންކަމަށް ވަގުތު ހުސްކުރާ ވަރަށްވުރެ ވަގުތު މިހާރު ކުޑަތަންވެފައިވާއިރު އެންމެން ވެސް މިހާރު ތައްޔާރުވާންވީ ވޯޓު ދޭން ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އެ އިޝާރަތް އެކުރަށްވަނީ އެމްޑީޕީގެ އިއްސަފުގައި މަސައްކަތްކުރެއްވި ފުރަހަނި ޝުއެއިބު ޑރ. މުއިއްޒަށް މިލޯކަލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ހޮވުމަށް ވަޢުދުވެ ކުރަށްވައި ކުރަމުންގެންދަވާ ”ނޯގޯތި ނޯވޯޓް“ ކެމްޕޭނުގެ ހަރަކާތުގެ ވާހަކަމަށް ގިނަބަޔަކު ދެކެއެވެ.

”އަޅުގަނޑުމެންނަށް އެބަ އިނގޭ އިދިކޮޅުގައި ހުރީ މުއިއްޒުކަން. އެއީ އެމްޑީޕީ އަށް ނުވަތަ މާލޭ ރައްޔިތުންނަށް ޙަގީގަތުގައި އެއްވެސް ޙާލެއްގައި އެއީ ޗޮއިސެއް ނޫންކަމަށް ވިދާޅުވިއެވެ.

ވޯޓަށް ވަގުތު ކުޑަތަންވެފައިވާއިރު ތިލަފަތަށް ވޯޓު އަޅަން އެންމެން ކައިރީގައި ވެސް ބުނެ، ވޯޓުލާން ނިކުންނަން އެންމެންނަށް ވެސް ބާރު އެޅުމަށް ވެސް އީވާ ވަނީ ގޮވާލައްވާފައެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަނަސް އަބްދުލް ސައްތާރާއި އާއި ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަށްވާ އުސްތާޒު އަލްހާން ފަހުމީ އެވެ.

އިތުރު ޕެންޑަމިކް ގޭބަނަދަކަށް ނުގޮސްފިނަމަ ކައުންސިލް އިންތިހާބު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމުގައިވަނީ ހަމަޖައްސާފައެވެ.

 

Loading

2 Responses

  1. އެއްވެސް ތަޖުރިބާއެއް ނެތް މަގުމަތީ ސީދާ ސަކަރާތްޖަހާ ކުދިންކޮޅަކަށް ވެރިކަން ލިބުމުން ވިގޮތް ވަރަށް ސާފުކޮށް މިއޮތީފެނިފާ. ވެރިކަމާއި ޙަވާލުވީ ހިންނަވަރު ސޯލިޙު ރައީސް. ނަމަވެސް ބަސްބުނެ ގަދަފައިވިއްދާ ހުރިހާ އެންމެނަށް ގޮންޖަހައި ވެރިކަމުގެ ހުރިހާ އަމްރުމަޢުރޫފް ހިންގަނީ އެމީހުންގެ ޕާޓީގެ ރައިސް ނަޝީދު. ދެން އާނަސްއަށް ވޯޓްދީގެން ވާނެ ކަމެއް ނޯންނާނެ ކަން ކަށަވަރެއްނޫންތޯއެވެ.
    މިފަހަރު މާލޭ ރައްޔަތުންގެ ގެއްލިފައިވާ އަބުރާ ކަރާމާތް ހޯދުމަށް އަދި މާލޭ ރައްޔަތުންގެ ”ނޯގޯތި ނޯވޯޓް“ ގެ ޝިއާރުގެ ދަށުން މާލޭ ރައްޔްތުންގެ އުންމީދުކަމުގައި ޑރ. މުއިއްޒު މިވަނީ ނިންމިފައެވެ.
    އީވާއާއި އޭނާގެ ބޭބެ ނަޝީދު (އަންނި) ރީދޫހުން ޖެހިގެން އެޑްމިޓް ކުރިއަސް މާލޭ މޭޔަރުކަމަށް ޑރ. މުޢިއްޒު އެވަނީ ތުރަވެފައެވެ. #ނަވެސްމުއިއްޒު

  2. ޑރ. މުއިއްޒު ބެސްޓް. މިފަހަރު ކަރުމަޅި ފަތިސް އަށް ވެރީސޮރީއޭ ބުނަންޖެހުނީ. ސޮރީ. މޭޔަރު ކަމަށް މިފަހަރު ޑރ. މުއިއްޒު

Leave a Reply to ސަންދާނު އަހަންމައިދީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް