ރާއްޖެއިން ކޯވިޑް19 އަށް އިތުރު 121 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 46 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 12 މީހެއް، ސަފާރިއަކުން އެކަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށްތަކަކުން 13 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 49 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 23,524 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,728 އެކްޓިވް ކޭސް ހިމެނޭއިރު
93 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 66 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 20,723 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.