ބްރެޒިލުން މަރުވާ މީހުންގެ އަދަދު މައްޗަށް، ރައީސް އަށް ޕްރެޝަރު

Loading

Facebook
Twitter
WhatsApp

ކޮވިޑް ޖެހިގެން ބްރެޒިލުން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ، އެގައުމުގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވާން ފެށުމުން ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ އަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެއްޖެއެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބްރެޒިލްގެ އުއްތަމަ ފަނޑިޔާރު ލުއިސް ފަޒް ވެސް ވަނީ ބޮލްސޮނާރޯ އަށް ފޯނުން ގުޅުއްވާ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ބްރެޒިލްގެ ހާލަތު ކޮންޓްރޯލުން ނައްޓާލާފައި ވާއިރު އެގައުމުގެ ރައީސް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރަން ވަނީ އެތައް ހުރަސްތަކެއް ކުރިމަތިވެފައެވެ. އޭނާ ވަނީ މިހަފްތާގައި އަނެއްކާވެސް އާބޭފުޅަކު ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. މިއީ ބަލިމަޑުކަން ފެށުނު ފަހުން ބްރެޒިލްގެ ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ހަތަރު ވަނަ ބޭފުޅާއެވެ. މިފަހަރު ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މާސެލޯ ނަމަކަށް ކިޔާ ކާޑިއޮލަޖިސްޓެކެވެ.

ބްރެޒިލުން އިއްޔެ ވެސް ކޮވިޑް ޖެހިގެން އިތުރު 2730 މީހަކު ވަނީ މަރުވެފައެވެ. ބްރެޒިލުން ކޮވިޑް ޖެހިގެން ފާއިތުވި ހަތަރު ދުވަހު މަރުވި މީހުންގެ އަދަދު 10923 އަށް އަރައެވެ. މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ބްރެޒިލަކީ މިވަގުތު މުޅި ދުނިޔެ އިން ވެސް އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ ގައުމެވެ.

ބްރެޒިލުން މަރުވި3000 އަށް ވުރެ ގިނަ މީހުން މަރުވި ސަބަބު ދެނެގަތުމަށް މިހާރު ވެސް ތަހްލީލްތައް ކުރަމުން އެބަގެންދެއެވެ. އެގޭތެރެއިން ވެސް ގިނަ މީހުން މަރުވެފައި ވާނީ ކޮވިޑް ޖެހިގެން ކަމަށް ބެލެވެއެވެ.

އިއްޔެ ބްރެޒިލުން ވަނީ 89409 މީހަކު ކޮވިޑަށް ފައްސިވެފައެވެ. ފާއިތުވި ހަތަރު ދުވަހު ވެސް އެގައުމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ހުރީ 80000 އަށްވުރެ މަތީގައެވެ.

ބަލި ކޮންޓްރޯލް ކުރަން ބްރެޒިލްގައި މިހާރު ވަނީ ރޭގަނޑު ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައެވެ. ނަމަވެސް އަދި އެކަމުގެ ނަތީޖާއެއް ނުފެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް