މުލީ އެއަރޕޯޓް އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މ. މުލީގައި އެއާޕޯޓެއް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ.

މުލީގައި ހަދާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މުލީހެ އެއަރޕޯޓް މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށެވެ.

މި މަޝްރޫއުގައި އެއާޕޯޓު ހެދުމަށް ބޭނުންވާނެ އިތުރު ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުން މާއި  1200 މީޓަރުގެ ރަންވޭއެއް ހެދުމުގެ އިތުރުން ޓާމިނަލް އިމާރާތް ހަދުން ހިމެނެއެވެ. އަދި މީގެ އިތރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމު ކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ މީހުްނ ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓްތެރޭގައި ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި އަހަރުގެ ރިޔާސީ ބަޔާންގައި ރައީސްވަނީ މުލީގެ އެއަރޕޯޓްގެ އެއަރޕޯޓްގެ އިތުރުން ހަތަރު ރަށެއްގައި އެއަރޕޯޓެއް ހެދުމަށް ވެސް އިއުލާން ކޮށްފައެވެ. އެއީ ހދ. މަކުނުދޫއާއި ބިލެތްފަހި އަދި ބ. ތުޅާދޫއާއި ތ. ވިލިފުށީގައެވެ.

Loading

One Response

  1. ތިޔަހެން ބިޑް ނުކޮށް އެތަނުން ފައިދާ ދެއްކުމަށް ޕްރޮޖެކްޓްތަށް އެކުންފުނިން ހުށަހަޅާ އަގަކަށް ދެއްވަންޏާ މިގައުމުގައި އެންމެ ފައިދާ ދެއްކޭނެ ކުންފުނީގެ ތެރޭގައި އެތަން ހިމެނިދާނެއެވެ. އެހެނަސް ބިޑްކޮށްގެން ދީފިނަމަ ރައްޔަތުންގެ ފައިސާއިން ބޮޑު އަދަދެއް ސޭވެ ކުރެވިދާނެކަމަށް ފެނެއެވެ. އެހެނީ ގިނަބަޔަކު ކުރިމަތިލާ ކޮމްޕެޓިޝަނެއްގެ ތެރެއިން ހޮވޭ ބަޔަކު އަގުހެޔޮކޮށް ހަދާފާނެތީއެވެ. ބޮޑަށް އެނގޭނީ ބޮޑުންނަށްކަން އެނގިހުރެ މިބުނީ!

Leave a Reply to މުހައްމަދު މުސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް